ކުޅުދުއްފުށީގައި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ "މަނަސް ހަބް" ހުޅުވައިފި

މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސަޕް އެވެ.

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ ރައްކާތެރި އިޖުތިމާއީ މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ގާއިމު ކުރި "މަނަސް ހަބް" ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސަޕް އެވެ. 

ކުޅުދުއްފުށި ކައުންސިލުން ބުނީ މުޖުތަމައުގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ފުރާވަރު ކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލްކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

މަނަސް ހަބްގައި އާންމު ހޮސްޕިޓަލްތަކާ ތަފާތުކޮށް ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ކައުންސިލުން ބުނީ އެ ހިދުމަތް ފަރުމާކުރުމުގައި އޮސްޓްރޭލިއާގެ މަޝްހޫރު "ހެޑްސްޕޭސް" މޮޑެލްގެ އެހީތެރިކަން ވަނީ ހޯދައިފައިވާ ކަމަށާއި އެ މޮޑެލްގެ މުހިންމު އުސޫލުތައް ރާއްޖެ އާއި ކުޅުދުއްފުށީގެ އިޖުތިމާއީ މާހައުލާ ގުޅޭގޮތަށް ބައްޓަންކޮށްފައިވާ ކަމަށެވެ.

 
 

މަންސަ ހަބުން ލިބޭ ހިދުމަތްތައް

  •  - ސައިކޯއެޑިއުކޭޝަން އަދި ސެޝަންތައް
  •  - ކެރިއާ ގައިޑެންސް އަދި ސްޓްރެސް މެނޭޖްމެންޓް
  •  - ބޯޑް ގޭމްސް އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް
  •  - ކްލިނިކަލް ސައިކޮލޮޖިސްޓްގެ ހިދުމަތް
  •  - ޑިޖިޓަލް މެންޓަލް ހެލްތު ސްކްރީނިން
  •  - ޕްރައިވެޓް ކޮންސަލްޓޭޝަން ރޫމް
  •  - ވޮލަންޓިއަރ ޕިއާ ސަޕޯޓް އެހީތެރިކަން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.