ރިސޯޓުތަކުގެ އޮކިއުޕެންސީ އާއި ބެޑްނައިޓްސް ދަށް، ގެސްޓްހައުސް މަތި

ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ވަނީ މިދިޔަ އަހަރުގެ 1،407 އިން މި އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި 1،693 އަށް އިތުރުވެފައެވެ.

ރަށަކަށް އައި ޓޫރިސްޓުންތަކެއް ގެސްޓްހައުސްއެއްގައި -- މިރާ

ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ އަދި ބެޑްނައިޓްސް ދަށްވިނަމަވެސް ގެސްޓްހައުސްތަކަށް ކުރިއެރުން ލިބިފައިވާ ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ އަދި ބެޑްނައިޓްސް ދަށްވިނަމަވެސް ގެސްޓްހައުސްތަކަށް ކުރިއެރުން ވަނީ ލިބިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ރިސޯޓުތަކުގެ ބެޑްނައިޓްސްގެ ގޮތުގައި 7،421 ރެކޯޑުކުރެވިފައިވެއެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ރިސޯޓުތަކުގެ ބެޑްނައިޓްސް ވަނީ 7،184 އަށް ދަށްވެފައެވެ.

ނަމަވެސް، ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ވަނީ މިދިޔަ އަހަރުގެ 1،407 އިން މި އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި 1،693 އަށް އިތުރުވެފައެވެ. އަދި ހޮޓެލްތަކުގެ ބެޑްނައިޓްސް 183 އިން 196 އަށް އިތުރުވެފައިވާއިރު، ސަފާރީތަކުގެ ބެޑްނައިޓްސް ވެސް ވަނީ 183 އިން 206 އަށް އިތުރުވެފަ އެވެ.

އޮކިއުޕެންސީ ރޭޓްއަށް އައި ބަދަލު

މިިދޔަ އަހަރުގެ ޖަނަވަރީ އިން އޮގަސްޓަށް ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ %69.6 ގައެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ %65.8 އަށް ދަށްވެފަ އެވެ. ރިސޯޓުތަކާ ޚިލާފަށް، ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ މި އަހަރުގެ % 40.8 އިން މި އަހަރު %42.5 އަށް މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ސަފާރީތަކުގެ އޮކިއުޕެންސީވެސް ވަނީ %24.1 އިން %24.4 އަށް އިތުރުވެފަ އެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ރިސޯޓުތަކުގެ ބެޑްނައިޓްސް އަދި އޮކިއުޕެންސީ ދަށްވިކަމުގައިވިޔަސް، ގެސްޓްހައުސްތަކާއި ސަފާރީތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވަމުންދާ ކަމަށް ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.