އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކި މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު، އެ ޕާޓީއިން މިއަދު ހުޅުވާލައިފި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގަ އެވެ.
އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި، މެންބަރުން އިންތިހާބު ކުރާ މަގާމުތައް ވަނީ އާންމުކޮށްފަ އެވެ. އެއީ؛
އެމްޑީޕީން ބުނެފައި ވަނީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ 14:00 އަށް އެޕާޓީގެ މެންބަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލެވޭނީ ޕާޓީގެ ޔެލޯ އެޕް މެދުވެރިކޮށް މިމަހުގެ 25 ވަަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅާ ފަރާތްތަކަށް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އިންތިހާބަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރެއިން ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނޭ ހުރިހާ މަގާމަކަށް ކުރިމަތިލާ ބޭފުޅުން 1،000 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށް ވެސް އެޕާޓީން ބުނެފައިވެ އެވެ.