ޑޮލަރުގެ އާމްދަނީ ދެ ހަފުތާގެ ތެރޭ ބޮޑު ކުރިއެރުމެއް

ދެ ހަފްތާ ތެރޭގައި ޖުމްލަ އާމްދަނީ ވަނީ ގާތްގަނޑަކަށް 6 މިލިއަން ޑޮލަރު ނުވަތަ %48 ގެ އިތުރުވުމެއް ލިބިފައިވެ އެވެ.

ރާއްޖެއަށް މިއަދު އައި ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ 15-9 އޮގަސްޓްގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.2 މިލިއަން ޑޮލަރެވެ. ނަމަވެސް، އެންމެ ފަހު ހަފުތާ ކަމަށްވާ އޮގަސްޓް 22-16 ގެ ނިޔަލަށް މި އަދަދު ވަނީ 18.2 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. ވިދިވިދިގެން އައި ދެ ހަފްތާގެ އާމްދަނީ އަޅާކިޔާއިރު، ޖުމްލަ އާމްދަނީ ވަނީ ގާތްގަނޑަކަށް 6 މިލިއަން ޑޮލަރު ނުވަތަ %48ގެ އިތުރުވުމެއް ލިބިފައިވެ އެވެ. 

މީރާގެ ހިސާބުތަކުން އެނގޭ ގޮތުގައި މި މުއްދަތުގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި އެއަރޕޯޓުން ނަގާ ޓެކުހާއި ފީތަކުންނެވެ. ޓޫރިޒަމް ޖީއެސްޓީ 4,2 މިލިއަން ޑޮލަރުން 8,82 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މިއީ ދެގުނައަށްވުރެ ބޮޑު ކުރިއެރުމެކެވެ. އަދި ޑިޕާޗާ ޓެކްސް / އެއާޕޯޓް ސަވިސް ޗާޖު ވަނީ އެއް މިލިއަން ޑޮލަރުން 2,4 މިލިއަން ޑޮލަރަށް އިތުރުވެފައިވެ އެވެ. މީގެ އިތުރުން ގްރީން ޓެކްސް ވަނީ 1,9 މިލިއަނ ޑޮލަރުން 2,4 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ވަނީ 1,8 މިލިއަން ޑޮލަރުން 2,4 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ބައެއް ޓެކުހާއި ފީތަކުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، އަނެއްބައި ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އޭގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސް 554,356 އިން 206,882 އަށް އަދި ނޮން-ރެސިޑެންޓް ވިތްހޯލްޑިން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.