ފިލްމީ ތަރިން ތިބި ކޮޓަރިއަށް ވަނީ ބާރުގެ ބޭނުން ކޮށްގެން، ޑްރަގު ހުރީ ހާމަޔަށް

އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުތަކުގައި ވަނީ، އެމީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުޅުވިއިރު، ކޮޓަރީގެ މޭޒުމަތީގައި މަސްތުވާތަކެތި ހުރީ ހާމައަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ޑްރަގު އޮޕަރޭޝަނުގައި ހައްޔަރު ކުރި ފިލްމީ ތަރިންގެ ވަނަވަރު --

މަސްތުވާތަކެއްޗާއެކު އިއްޔެ ވިލިމާލޭން އިތުރު މީހަކާއެކު ހައްޔަރު ކުރި ތިން ފިލްމީ ތަރިންގެ ބަންދަށް ކްރިމިނަލް ކޯޓަށް 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މަޝްހޫރު ތިން ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ) 44، އާއި މުހައްމަދު ވިޝާލް (ރޯމަން) 29، އިސްމާއިލް ޖުމައިހު 35، ގެ އިތުރުން ވ. ސިނަމާލެ 4 3-03، ޝާހިލް މުހައްމަދު 42، އެވެ.

މި މައްސަލައިގައި މި އެންމެންގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.

އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުތަކުގައި ވަނީ، އެމީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުޅުވިއިރު، ކޮޓަރީގެ މޭޒުމަތީގައި މަސްތުވާތަކެތި ހުރީ ހާމައަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އަދި އެކޮޓަރިން ފެނުނު ޖުމްލަ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަށް ބަލާއިރު، ޓްރެފިކިންގެ މިންގަނޑަށް ފެތޭ ކަމަށް ވެސް އަމުރުތަކުގައިވެ އެވެ. 

އަމުރުގައިވާ ގޮތުން، އެ ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.