މިއަދުގެ 3:00 އިން ފެށިގެން މިރޭގެ 9:00 ހަމަޔަށް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. އެ އެލާޓުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދުގެ 3:00 އިން ފެށިގެން މިރޭގެ 9:00 ހަމަޔަށް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. އެ އެލާޓުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރެޔާއި މިއަދު ހެނދުނު ވެސް ވަނީ ރާއްޖޭ ބޮޑު ބަޔަކަށް ވިއްސާރަ ކޮށްފަ އެވެ.
މޫސުން ގޯސްވެ، ކަނޑުގަދަ ނަމަ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.
އަދި ވާރޭވެހޭނަމަ، ގޭގެއަށް ފެން ނުވަންނަނާނެހެން ވެލި ބަސްތާފަދަ ތަކެތި ޖަހައި، ސަލާމަތޫ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސް ކުރެ އެވެ.