18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" އުފައްދައިފި

މި މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް، އިންޓަގްރޭޓަޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

"ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި 18 އަތޮޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިދާރާތަކެއް އުފައްދަވައިފި އެވެ. 

ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ސަރުކާރުގެ ހިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.

މި މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް، އިންޓަގްރޭޓަޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. 

މި އިދާރާތައް އުފައްދާފައިވާ އަތޮޅުތަކަކީ؛

  • 1.ހއ. އަތޮޅު
  • 2.ހދ. އަތޮޅު
  • 3.ށ. އަތޮޅު
  • 4.ނ. އަތޮޅު
  • 5.ރ. އަތޮޅު
  • 6.ބ. އަތޮޅު
  • 7.ޅ. އަތޮޅު
  • 8.ކ. އަތޮޅު
  • 9.އއ. އަތޮޅު
  • 10.އދ. އަތޮޅު
  • 11.ވ. އަތޮޅު
  • 12.މ. އަތޮޅު
  • 13.ފ. އަތޮޅު
  • 14.ދ. އަތޮޅު
  • 15.ތ. އަތޮޅު
  • 16.ލ. އަތޮޅު
  • 17.ގއ. އަތޮޅު
  • 18.ގދ. އަތޮޅު

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.