އެމީހުންގެ ވަނަވަރު ފުލުހުން މިހާތަނަށް ހާމަނުކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރު އަހްމަދު އަޒްމީލް (އަޒޭ) ހިމެނެ އެވެ.

ފުލުހުން މިއަދު ބުނީ ވިލިމާލޭގައި މިހާރު ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
"ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނޭ،" ފުލުހުން ބުންޏެވެ.
އެމީހުންގެ ވަނަވަރު ފުލުހުން މިހާތަނަށް ހާމަނުކުރި ނަމަވެސް، ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރު އަހްމަދު އަޒްމީލް (އަޒޭ) ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނެފައި ވަނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.