މްޑީއަކަށް ޔާމީން އައްޔަނުކޮށްފައިވާއިރު، ޗެއާޕާސަނަކަށް އައްޔަނު ކޮށްފައި ވަނީ އިއްޒުއްދީން އަދުނާނެވެ.

މިސްކިތްތަކާއި ވަގުފް އިމާރާތްތައް އަޅަން އުފައްދާފައިވާ މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޔާމީން އިދުރީސް އައްޔަނު ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އައުގާފް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފަ އެވެ. އެގޮތުން އެމްޑީއަކަށް ޔާމީން އައްޔަނުކޮށްފައިވާއިރު، ޗެއާޕާސަނަކަށް އައްޔަނު ކޮށްފައި ވަނީ އިއްޒުއްދީން އަދުނާނެވެ.
މީގެ އިތުރުން ފަސް މެންބަރަކު އެ ބޯޑަށް އައްޔަނުކޮށްފައިވެ އެވެ. އެއީ؛
މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާ ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް އުފެއްދި ކުންފުންޏެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ކުންފުނި އުފައްދަވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.