ވިއެޓްޖެޓްއަކީ ވިއެޓްނާމްގެ ބަޖެޓު އެއާލައިން އެކެވެ. މި އެއާލައިން އުދުހެން ފަށަނީ ޑިސެމްބަރު މަހު އެވެ.

ވިއެޓްނާމްގެ ބަޖެޓް އެއާލައިނެއް ކަމަށްވާ "ވިއެޓްޖެޓް" ރާއްޖެއަށް ދަތުރުތައް ފަށަން ޓިކެޓު ވިއްކަން ފަށައިފި އެވެ.
ވިއެޓްޖެޓް އެއާލައިން އިން ދިވެހިރާއްޖެއާއި ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީއާ ދެމެދު ދަތުރު ފެށުމުގެ ގޮތުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި ދަތުރުތައް ކުރަނި ވިއެޓްރާމް / ކޮލަމްބޯ / މާލެ އެވެ. މި ދަތުރުތައް ފަށާނީ ޑިސެމްބަރު މަހު އެވެ.
ވިއެޓްޖެޓް އިން ޓިކެޓުގެ ވިއްކަން ފަށާފަ އެވެ. އަދި ޓިކެޓު ގަންނަން ކަނޑައެޅިފައިވާ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 8 އޮކްޓޫބަރުން ފެށިގެން 10 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ. މި އަގުގައި ދތުރު ދަތުރުކުރެވޭ މުއްދަތަކީ 5 ޑިސެމްބަރު 2026 އިން ފެށިގެން 30 ސެޕްޓެމްބަރު 2027 ގެ ނިޔަލަށެވެ.
މި އެއާލައިންގެ ރާއްޖޭގެ ޖީއެސްއޭއަކީ އޮއެފަރު މޯލްޑިވްސް ކުންފުންޏެވެ.
މިއީ ހެޔޮ އަގެއްގައި އޭޝިއާގެ މުޅިން އާ ފަރާތެއް ތަޖުރިބާކޮށްލުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި އަގުގައި ދަތުރުކުރަން ލިބޭނެ ފުރުސަތެކެވެ.