ހުޅުމާލޭގައި ޓޭކްއެވޭ ހިދުމަތްދޭ ވިޔަފާރިވެރިން ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް އަހުލުވެރިކޮށްފި

ވިޔަފާރި އުސޫލުން ޓޭކްއެވޭ ހިދުމަތްދޭން ހުއްދަ ދީފައިވާ އެންމެހާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ.

ހުޅުމާލޭގައި ޓޭކްއެވޭ ހިދުމަތްދޭ ފަރާތްތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްއެފްޑީއޭ ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގަ އެވެ. 

ވިޔަފާރި އުސޫލުން ޓޭކްއެވޭ ހިދުމަތްދޭން ހުއްދަ ދީފައިވާ އެންމެހާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ.

މި ސެޝަންގެ މަގުސަދަކީ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިވެރިން ގަވާއިދުގައިވާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުމެވެ. އެގޮތުން، ސެޝަންގެ ތެރެއިން، އާ ގަވާއިދާ ގުޅޭ ގޮތުން ވިޔަފާރިވެރިން ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ފޯރުކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެމްއެފްޑީއޭގެ ގަވާއިދާ އެކު، ކާބޯތަކެތި ބަންދުކުރުމާއި ލޭބްކުރުމުގެ މިންގަނޑެއް ވަނީ އެކުލަވާލާފަ އެވެ. އެ ގޮތުން، ކާބޯތަކެތީގެ ސާފުތާހިރުކަމާއި، ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ކާބޯތަކެތި ބަންދުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަން މި ގަވާއިދުގައި ހިމަނާފައިވެއެވެ. އަދި، އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަމާއި، މުއްދަތު ހަމަވާނެ ތާރީޚު ފަދަ މުހިންމު މައުލޫމާތުތައް ލޭބަލްކުރަން އެމްއެފްޑީއޭގެ ގަވާއިދުން ވަނީ ލާޒިމުކޮށްފަ އެވެ.

އެހެންކަމުން، ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކުން ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް މި އެޗްޑީސީންގެ ފަރާތުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މި އަހަރުގެ ޖޫން ނުވަވަނަ ދުވަހު އެމްއެފްޑީއޭއިން ގެޒެޓުކުރި "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަމަލުކުރަން ފަށާނީ ޑިސެމްބަރު ނުވަވަނަ ދުވަހުން ފެށިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.