ގިނަ އަދަދެއްގެ ޑްރަގާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

ބެންކޮކުގެ ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ހިންގި މި އޮޕަރޭޝަނުގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުހައްމަދު ވިސާމް ކިޔާ މީހެކެވެ.

ޑްރަގާއެކު ބެންކޮކުން އަތުލައިގަތް ދެ ދިވެހިން --

ގިނަ އަދަދެއްގެ މަސްތުވާތަކެއްވާއެކު ތައިލެންޑްގެ ވެރިރަށް، ބެންކޮކުން ދެ ދިވެހިން ހައްޔަރު ކޮށްފި އެވެ.

ބެންކޮކުގެ ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ހިންގި މި އޮޕަރޭޝަނުގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުހައްމަދު ވިސާމް ކިޔާ މީހެކެވެ. 

ބެންކޮކްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމީހުން އަތުލައިގެންފައި ވަނީ އެސިޓީގެ ޕްރަތުނާމް ސަރަހައްދުގައި ހުންނަ ކާގޯ އޮފީހެއް މެދުވެރިކޮށް ބޭރަށް ފޮނުވަން އުޅުނު ޕާރުސަލްތަކަކާމެދު ޝައްކު އުފެދިގެން، އެ އޮފީހުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

އެ ޕާރުސަލްތަކުން ނުބައި ވަސް ދުވާކަމަށް ބުނެ އެ ޕާރުސަލްތައް ބަލައިގަތުމަށް އެ ކާގޯ އޮފީހުން ވަނީ އިންކާރު އެވެ. 

ޕާރުސަލްތަކުގައި ފޮރުވާފައި ހުރި ޑްރަގު --

އެ ދެ ދިވެހިން ހައްޔަރުކޮށްފައި ވަނީ އެހެން ކާގޯ ކުންފުންޏެއް މެދުވެރިކޮށް ޕާރުސަލްތައް ފޮނުވުމަށްޓަކައި ވެހިކަލަކަށް އެތަކެތި އަރުވަން މަސައްކަތް ކުރަނިކޮށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ފުލުހުން ގޮސް އެ ޕާރުސަލްތައް ބަލައިފާސްކުރިއިރު، 2.37 ކިލޯގެ ކްރިސްޓަލް މެތް (އައިސް) އާއި 10 ކިލޯގެ ކެނަބިސް ވަނީ ފެނިފަ އެވެ. އެތަކެތި ފޮރުވާފައި ހުރީ ކުޑަކުދިން ފެންބޯ ފުޅިތަކަކާއި ހެދުންތަކެއްގެ ތެރޭގަ އެވެ.

އެމީހުން ހައްޔަރު ކުރިނަމަވެސް، ޑްރަގް ޓްރެފިކިންގެ ތުހުމަތަށް އެމީހުން ވަނީ އިންކާރު ކޮށްފަ އެވެ. އެމީހުން ބުނެފައި ވަނީ އެ ޕާރުސަލްތަކުގައި މަސްތުވާތަކެތި ހުރިކަން ނޭންގޭ ކަމަށާއި، އެއީ މީހަކު ބުނެގެން ކާގޯ ކުރަން ހަވާލުވި ޕާރުސަލްތަކެއް ކަމަށެވެ.

ޑްރަގާއެކު ބެންކޮކުން އަތުލައިގަތް ދެ ދިވެހިން އެގައުމުގެ ފުލުހުންނާއެކު --

ތައިލެންޑް ފުލުހުންނާ ހަވާލާދީ ބެންކޮކްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދިވެހިންނަކީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ބައެކެވެ. ނަމަވެސް އެ ނެޓްވޯކްގެ އިތުރު ތަފްސީލުތައް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.