އިންޑިއާގެ ގްރޭޓް އޯޝަންސް ޑައިލޮގްގައި ފައްޔާޒު ވާހަކަ ދައްކަވަނީ

ފައްޔާޒު ބައިވެރިވެވަޑައިގަންނަވާނީ 8 އޮކްޓޯބަރު 2026 ވަނަ ދުވަހު ކުރިއަށްދާ ޚާއްޞަ ޕެނަލް ޑިސްކަޝަންއެއްގައެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

އިންޑިއާގެ ނިއު ދިއްލީގައި އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއާރްއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ 'ގްރޭޓް އޯޝަންސް ޑައިލޮގް' ގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ފައްޔާޒު ބައިވެރިވެވަޑައިގަންނަވާނީ މާދަމާ ކުރިއަށްދާ ހާއްސަ ޕެނަލް ޑިސްކަޝަންއެއްގަ އެވެ.

  •  ޕެނަލްގެ މައުލޫ - 'ބްލޫ ޖަސްޓިސް، ރީއިމޭޖިނިން އިކުއިޓީ އިން އޯޝަން ފިއުޗާސް'
  •  ތާރީހާއި ގަޑި - މާދަމާ، އިންޑިއާ ގަޑިން ހަވީރު 3:30 (ރާއްޖެ ގަޑިން މެންދުރުފަހު 3:00) ގައި
  •  ބާއްވާ ފަރާތް - އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއާރްއެފް)

'ސާގަރްމަންތަން - ދަ ގްރޭޓް އޯޝަންސް ޑައިލޮގް' އަކީ އޯއާރްއެފް އާއި އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސް ގުޅިގެން، ކަނޑުގެ ވަސީލަތްތަކާއި، ވިޔަފާރިއާއި، އަދި އިގްތިސޯދާ (ބްލޫ އިކޮނޮމީ) ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ބޮޑު ކޮންފަރެންސެކެވެ. 

މިއަހަރުގެ ކޮންފަރެންސްގައި 75 އަށްވުރެ ގިނަ ގައުމުން 1,200 އަށްވުރެ ގިނަ ޕޮލިސީ މޭކަރުންނާއި ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.