50 ޕަސެންޓް މީހުން ފްލެޓްތަކަށް ކުލި ނުދައްކާ: އެމްޑީ ޒުހައިރު

"އެކި ސަބަބުތަކާ ހުރެ، މާލީ ހާލަތު ހުންނަ ގޮތުން ވެސް ކުލި ނުދައްކާ މީހުން އުޅޭ. ގާތްގަޑަކަށް ކުލި ނުދައްކާ ނިސްބަތް 50 ޕަސެންޓަށް އަރާނެ،" ޒުހައިރު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތައް: ހުޅުމާލޭ ފްލެޓްތަކަށް 50 ޕަސެންޓް މީހުން ކުލި ނުދައްކާ ކަމަށް އެޗްޑީސީގެ އެމްޑީ ވަނީ ވިދާޅުވެފައި --

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތުގެ ތެރެއިން 50 ޕަސެންޓް ޔުނިޓްތަކަށް ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ އެ ކުންފުނިން ހުޅުމާލޭގައި ހުރި 12000 އަށްވުރެ ގިނަ ފްލެޓްތައް ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި އެ ފްލެޓްތަކުގައި ދިރިއުޅޭ 50 ޕަސެންޓް މީހުން ކުލި ނުދައްކާ ކަމަށެވެ.

"އެކި ސަބަބުތަކާ ހުރެ، މާލީ ހާލަތު ހުންނަ ގޮތުން ވެސް ކުލި ނުދައްކާ މީހުން އުޅޭ. ގާތްގަޑަކަށް ކުލި ނުދައްކާ ނިސްބަތް 50 ޕަސެންޓަށް އަރާނެ،" ޒުހައިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފްލެޓްތަކުގެ ވެރިފަރާތުން އެހެން މީހުންނަށް ކުއްޔަށް ދީފައި ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ފްލެޓްތުގެ ތެރެއިން ބޭރު މީހުންނަށް ކުއްޔަށް ދީފައި ހުރިކަމަށް ބެލެވޭ ފްލެޓްތަކުގެ ވެރިންނަށް ވަކި މުއްދަތެއްގެ ތެރޭގައި ހުސްކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ. 

ފްލެޓް ކުއްޔަށް ދޭ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޗްޑީސީން އަޅަމުންދާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހިޔާ ފްލެޓްތަކަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ސަރުކާރުން މިދިޔަ އަހަރު ވަނީ މައާފުކޮށްދީފަ އެވެ. އޭގެ ކުރިން 2023 ވަނަ އަހަރު ވެސް ވަނީ ޖޫރިމަނާތައް މައާފުކޮށްދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.