ފުލުހުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ ރޭ ދަންވަރު 2:55 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައި ހިނގި މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ ރޭ ދަންވަރު 2:55 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައި ހިނގި މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ. އެހެންނަމަވެސް، އިތުރު ފަރުވާ އަށް އެ ތިން މީހުން މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުން ވެސް އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.