މި ހާދިސާގައި މަރުވެފައި ވަނީ ކޮލަމާފުށި، އުދަރެސް، އަހުމަދު މިސްހާގު (45އ) އެވެ.

ފުލުހުން ބުނީ ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން، މިއަދު 14:30 އެހައިކަންހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް މީހަކު ގެންދިޔަ ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާގައި މަރުވެފައި ވަނީ ކޮލަމާފުށި، އުދަރެސް، އަހުމަދު މިސްހާގު (45އ) އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ދ. އަތޮޅު ރިސޯޓެއްގައި މިއަދު މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ވެސް ވަނީ މަރުވެފަ އެވެ.