އަބުޗާ ހައްޔަރުކޮށް، ޕެރޯލް ބޯޑު މެންބަރުން މަގާމުން ވަކިކޮށްފި

އަބުޗާ ޖަލަށް ލާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އައްޑޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައިމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިންއާއެކު ކަނޑުމަތިން އަތުލައިގަތް މައްސަލައިގައެވެ.

މަސްތުވާތަކެތީގެ ބޮޑެތި ކުށްވެރިންނަށް ޕެރޯލް ދިނުމުގައި އޮންނަ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް، އައްޑޫގެ ބޮޑު ޑްރަގް ޑީލަރު އަބުޗާ މިނިވަންކުރި މައްސަލައިގައި އޭނާ އަލުން ހައްޔަރުކޮށް، އެކަމުގައި ޝާމިލުވާ ޕެރޯލް ބޯޑުގެ މެންބަރުން މަގާމުން ވަކިކުރަން ސަރުކާރުން ނިންމައިފިއެވެ.

އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން މި މަހުގެ އެއްވަނަ ދުވަހު ކަރެކްޝަނަލް ސާވިސްއިން ކުއްލި ގޮތަކަށް ދޫކޮށްލިއެވެ. ނަމަވެސް އެ ނިންމުމަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަން ކަށަވަރުވުމާއެކު، މިއަދު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އަބުޗާއަށް ޕެރޯލް ދިނުމުގައި އޭނާ ޖަލުގައި ހޭދަކުރި މުއްދަތު ގުނާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތުތަކާ ވެސް ކަނޑައެޅިގެން ހިލާފު ނިންމުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މި ގޯސް ނިންމުމާ ގުޅިގެން، އެކަމުގައި ބައިވެރިވި ޕެރޯލް ބޯޑުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ފިޔަވަޅު ސަރުކާރުން މިހާރު ވަނީ އަޅާފައެވެ.

އަބުޗާ ޖަލަށް ލާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އައްޑޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައިމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިންއާއެކު ކަނޑުމަތިން އަތުލައިގަތް މައްސަލައިގައެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް، ކުށަށް އިއުތިރާފުވެ ދައުލަތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްދީފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.