ނަމަވެސް ފާއިތުވި 2025 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހުގެ ސީޕީއައި ވަނީ % %0.76 އިތުރުވެފަ އެވެ.

މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ރާއްޖޭގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ނުވަތަ މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ 1.15% އިން ދަށަށް ގޮސްފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ ނަމަވެސް، ފާއިތުވި 2025 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހުގެ ސީޕީއައި ވަނީ % %0.76 އިތުރުވެފަ އެވެ.
އަގުތަކަށް އައިސްފައިވާ މައިގަނޑު ބަދަލުތައް
ދުންފަތާއި ދުފާ ތަކެތި - މި ބައިން އަގުތައް ވަނީ %22.63 ދަށަށް ގޮސްފައެވެ. މިއީ ޖުލައި 2026 ގައި ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ސިނގިރޭޓުގެ އަގު ދަށްވުމުގެ ސަބަބުން އައިސްފައިވާ ބަދަލެކެވެ. ކާބޯތަކެތި (މަސް ހިމެނޭގޮތަށް) ކާބޯތަކެތީގެ އަގުތައް ވަނީ %0.96 އުފުލިފަ އެވެ.
ދަތުރުފަތުރު - ދަތުރުފަތުރުގެ ދާއިރާއިން އަގުތައް ވަނީ 0.73% ދަށަށް ގޮސްފަ އެވެ. މިއީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ އަގުތައް ދަށްވުމުގެ ސަބަބުން އައިސްފައިވާ ބަދަލެކެވެ.
މުވާސަލާތީ ޚިދުމަތްތައް - އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާގެ އަގުތައް ވަނީ 0.81% އުފުލިފައެވެ. ބޯހިޔާވަހިކަމާއި
ފެނާއި ކަރަންޓު - މި ދާއިރާގެ އަގުތައް ވަނީ %0.49 ދަށަށް ގޮސްފައެވެ. ކަރަންޓުގެ އަގު ދަށްވުމަކީ މީގެ މައިގަނޑު ސަބަބެވެ.
މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު މާލޭގެ މުދަލާއި ޚިދުމަތުގެ އަގުތައް %1.57 އިން ދަށަށް ގޮސްފައިވާއިރު، އަތޮޅުތަކުގެ އަގުތައް ދަށަށް ގޮސްފައިވަނީ %0.54 އިންނެވެ.