އޭނާ 25 އަހަރަށް ޖަލަށް ލުމުގެ އިތުރުން 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

ޑައިމޯފިން (ހެރޮއިން) ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ގދ. ގައްދޫ، ނޫރީގެ އަލީ ޝަޒީނު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށް 25 އަހަރަށް ޖަލަށް ލާން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
ގދ. އަތޮޅުގައި އޮތް އެންމެ ބިން ބޮޑު ފަޅު ރަށް، ގަމުގެ ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި ޝިނާޒު ދިޔައީ މަސްތުވާތަކެތި ރައްކާކޮށް އެ ތަކެތީގެ ވިޔަފާރި ކުރަމުންނެވެ.
އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެތަނުން މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަސް ފޮނުވުމުން ޝިނާޒުގެ މައްޗަށް ކޮށްފައި ވަނީ ދެ ދައުވާއެކެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.
މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.