މި މުބާރާތަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ބަހުން ލިޔާ މަޒުމޫނެވެ. ގްރޭޑް 8އިން 10ގެ ދަރިވަރުންނަށް ޚާއްސަ ކެޓަގަރީ އަދި ގްރޭޑް 11އިން 12ގެ ދަރިވަރުންގެ ކެޓަގަރީ އެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މާލީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެމްއެމްއޭ ފިންލިޓް ފެސްޓް 2026ގެ މަޒުމޫނު ލިޔުމުގެ މުބާރާތައް މަޒުމޫނު ހުށަހަޅަން ހުޅުވާލައިފި އެވެ. މިއީ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ އޮތޯރިޓީން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ބަހުން ލިޔާ މަޒުމޫނެވެ. އަދި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގްރޭޑް 8އިން 10ގެ ދަރިވަރުންނަށް ޚާއްސަ ކެޓަގަރީ އަދި ގްރޭޑް 11އިން 12ގެ ދަރިވަރުންގެ ކެޓަގަރީއެވެ.
މާލީ ހޭލުންތެރިކަމާއި ފައިސާ ގެންގުޅުމުގައި ޒިންމާދާރުވުން
މާލީ ބައިވެރިވުން އިތުރުވުމާއި ގުޅިގެން ލިބޭ ތަނަވަސްކަން
ޒުވާނުންނާއި މާލީ ކުރިމަގު
ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ ޑިޖިޓަލް މުސްތަގްބަލް
އިންސާނިއްޔަތާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އިސްކަންދޭ މާލީ ނިޒާމު
މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭނެއެވެ. ދެވަނައަށް 2000 ރުފިޔާ އަދި ތިންވަނައަށް 1000 ރުފިޔާ ލިބޭނެއެވެ. މި މުބާރާތަށް ހުށަހަޅާ މަޒުމޫނުގެ ދިގުމިނަކީ 700-1200 ބަހެވެ. އަދި ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ އެއް މަޒުމޫނެވެ. މަޒުމޫނު ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 1 ނޮވެންބަރު 2026ގެ 11:59އެވެ. ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް finlit@mma.gov.mv އަށެވެ.