"އެމްޑީޕީގެ މާޒީގައި އެތެރެއާ ބޭރުން ބަޣާވާތް ކުރި، ދެނެއް ނުކުރެވޭނެ"

މޫސަ ވިދާޅުވާ ގޮތުން ބަޣާވާތަކީ ކޮންމެ ބަޔަކު ކުރިޔަސް ގާނޫނީ ސަރުކާރަކާ ދެކޮޅަށް ތެދުވެ ވެރިކަން ވައްޓާލުމެވެ. އެމްޑީޕީގެ މާޒީއަށް ބަލާއިރު އެތެރެ އާއި ބޭރުން އެކަން އޮތީ ކޮށްފަ އެވެ.

ރައީސް މުހައްމަދު ނަޝީދާއި ރިކޯ މޫސާ މަނިކު: މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރެއާއި ބޭރުން ވެސް ކުރިން ބަޣާވަތް ކުރި

އެމްޑީޕީގެ މާޒީއަށް ބަލާއިރު އެތެރެ އާއި ބޭރުން ބަޣާވާތް ހިންގާފައިވާ ކަމަށާއި ޕާޓީގެ ބަޔަކު ކުރިއަސް އެމްޑީޕީގެ މެންބަރުން ބަޣާވާތަށް ނޫނެކޭ ބުނާނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ކުރިން އެމްޑީޕީގެ ޗެއާޕާސަން ކުރެއްވުމަށް ފަހު ދިމާވި ތަފާތު މައްސަލަތަކާ ގުޅިގެން ޕާޓީއާ ދަރަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތު ޕީޕީއެމްގައި އުޅުއްވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅި ވަޑައިގެން މިހާރުގެ ސަރުކާރަށް ތާއީދުކޮށް އަބަދުހެން ޓްވީޓް ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިޔާ، މޫސަ މިއަދު ވެސް ވަނީ ޓްވީޓްތަކެއް ކުރައްވާފަ އެވެ.

އޭނާގެ މިއަދު ޓްވީޓްތައް ގުޅުވާލާފައި ވަނީ އެމްޑީޕީގައި އުފެދިފައިވާ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހާއްސަކޮށް ރައީސް ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަންކަމާއި މާލީ ހާލަތާ ގުޅުވާލާއި ފާޑު ވިދާޅުވެ ދައްކަވާ ވާހަކަތަކުގެ މައްޗަށެވެ.

މޫސާ ވިދާޅުވީ 2011 ވަނަ އަހަރު ރައީސް ނަޝީދު ވެރި ކަމުގައި ހުންނެވި އިރު ބަޣަވާތަށް ތައްޔާރު ވުމުގެ ގޮތުން އެ ހަރަކާތް ހިންގި މީހުން ފުރަތަމަ ރައްޔަތުންނަށް ވިސްނައި ދިނީ "ޑޮލަރު ދަތި ވަނީ ރައްޔަތުން ހަނާވަނީ" ކަމަށެވެ.

"މިފަހަރު ބަޣާވާތަށް ދޮން ކޮށްގެން ތިބި މީހުން ވެސް ހަމަ އެ ލަވަ، ޑޮލަރު ހުސްވީ ރާއްޖެ ބަނގުރޫޓުވީ؟ އެނގިދާނެތާ!" މޫސަ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ ބަޣާވާތަކީ ކޮންމެ ބަޔަކު ކުރިޔަސް ގާނޫނީ ސަރުކާރަކާ ދެކޮޅަށް ތެދުވެ ވެރިކަން ވައްޓާލުން ކަމަށާއި އެމްޑީޕީގެ މާޒީއަށް ބަލާއިރު އެތެރެ އާއި ބޭރުން އެކަން އޮތީ ހިންގާފައި ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ބަޔަކު ކުރިޔަސް އަދި އެހެން ބަޔަކު ކުރިޔަސް ބަޣާވާތަށް އެމްޑީޕީގެ މެމްބަރުން ބުނާނީ ނޫނެކޭ ކަމަށާއި ދެން ބަޣާވާތް ނުވެސް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.