ގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާން އައްޔަނުކޮށްފައިވާއިރު، ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ، މުހައްމަދު އަނަސް އައްޔަނުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ހަމަޖެއްސުމާ ގުޅިގެން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އައްޔަނުކޮށްފި އެވެ.
މިފްކޯއިން ބުނީ، އެގްރޯނެޓްގެ ހިންގުން މިފްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން އެ ކުންފުނީގެ ބޯޑަށް އާ ލީޑާޝިޕެއް އައްޔަނުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާން އައްޔަނުކޮށްފައިވާއިރު، ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ، މުހައްމަދު އަނަސް އައްޔަނުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެގްރޯނެޓްގެ އެމްޑީގެ މަގާމަށް އައްޔަނު ކުރި ސިނާނަކީ ސާބިތު ދަރަންޏެއް ނުދައްކާ ކަމަށް ނިންމައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން، ގޮނޑި ގެއްލުނު މީހެކެވެ.
އޭގެފަހުން އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރަން ޕީއެންސީއިން ބޭއްވި ޕްރައިމަރީ ސިނާން ކާމިޔާބު ކުރި އެވެ. ނަމަވެސް، ފަހުން ވަނީ އެ ފުރުސަތު ދޫކޮށްލައްވައިފަ އެވެ.