ޓީޗަރުންގެ ދައުރު އަދާކުރަން ބޭނުންވާ އެހީތެރިކަން އަބަދުވެސް ދޭނަން: ރައީސް

އެހެންކަމުން، ގައުމުގެ މުސްތަގުބަލަށްޓަކައި ޓީޗަރުންވާ ގުރުބާނީ ފާހަގަކުރައްވައި، ރައީސް ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ޓީޗަރުންގެ ހެވާ ލާބައަށް ކަމަށާއި، ގައުމު ބިނާކުރުމުގައި ޓީޗަރުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކުދިން ކުރިއަރައިގެން ދިއުމަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ ޓީޗަރުން ކަމަށެވެ. 

އެހެންކަމުން، ގައުމުގެ މުސްތަގުބަލަށްޓަކައި ޓީޗަރުންވާ ގުރުބާނީ ފާހަގަކުރައްވައި، ރައީސް ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

ރައީސް ވިދާޅުވީ އެންމެންގެ ވެސް ޒިންމާއަކީ ފައިދާހުރި ގޮތެއްގައި ޓީޗަރުންގެ ދައުރު އަދާކުރުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، މުދައްރިސުންނަށް ބޭނުންވާ އެއްބާރުލުން އަބަދުވެސް ސަރުކާރުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެވަނީ ދެއްވާފަ އެވެ.

އޭގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ކުޑަކޮށްދީ، މަސައްކަތުގެ ހާލަތު ރަނގަޅުކޮށްދީ، އިންކްލޫސިވް އެޑިއުކޭޝަން ހަރުދަނާކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް ޓީޗަރުންގެ ގާބިލުކަން ފުޅާކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ޓީޗަރުންނަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ދަރިންނާއި ގައުމު ކުރިއެރުވުމަށް އެޅޭ ބިންގާ ހަރުދަނާ ކުރެވޭނެ ކަމެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.