އެމްއެފްއެމްސީ 2023ގެ އޮޑިޓް | 41 މިލިއަން ރުފިޔާ ގެއްލުންވި

2023 ވަނަ އަހަރު ގްރޫޕަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5,6 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އަހަރު ނިމުނުއިރު ގްރޫޕަށް ވަނީ 41,3 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ.

ފަންޑު މެނޭޖުމަންޓް ކުންފުންޏާ ޗައިނާގެ ސީއެމްއީސީ ކުންފުނިން އެއްބަސްވުމުގައި ސޮއި ކުރަނީ -- ފަންޑު މެނޭޖުމަންޓް

މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް 2023 ވަނަ އަހަރު 41 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އޮޑިޓުން ދައްކައިފި އެވެ. 

އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ މި ރިޕޯޓުން ދައްކާގޮތުގައި، މި ކުންފުންޏާއި ކުންފުނީގެ އެމްއެފްއެމްސީއަށް މިވަރުގެ ގެއްލުމާ ކުރިމަތިވީ ސަބްސިޑިއަރީ ކުންފުނިތަކަށް 2023 ވަނަ އަހަރު ވަނީ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހުމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ގްރޫޕަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5,6 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އަހަރު ނިމުނުއިރު ގްރޫޕަށް ވަނީ 41,3 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. މިއީ 2022 ވަނަ އަހަރު ލިބުނު 32,1 މިލިއަން ރުފިޔާގެ ގެއްލުމާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ޖުމްލަ އެސެޓް (މުދާ) ގެ އަގަކީ 454 މިލިއަން ރުފިޔާ އެވެ. އަދި ޖަމާވެފައިވާ ގެއްލުމުގެ ގޮތުގައި (އެކިއުމިއުލޭޓެޑް ލޮސް) 94, މިލިއަން ރުފިޔާ ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި މުހިންމު ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. ގްރޫޕްގެ ނެޓް ކަރަންޓް ލައިބިލިޓީ 120,1 މިލިއަން ރުފިޔާއަށް އަރާއިރު، މީގެ މައިގަނޑު ސަބަބަކީ ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ހުރުމެވެ.

ކުންފުނީގެ ދަށުން ހިންގާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެހެންދެން އެ މަސައްކަތް ވަނީ މަޑުޖައްސާލާފަ އެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީން ވަނީ މި މަޝްރޫ އަށް ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ލީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، އެމްއެފްއެމްސީ ކެޕިޓަލް އާއި ގްރޫޕްގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑަރޑްސްއާ އެއްގޮތަށް ކަމަށާއި، ކުންފުނީގެ މާލީ ހާލަތު ދައްކުވައިދެނީ ތެދު އަދި އިންސާފުވެރި މަންޒަރެއް ކަމަށެވެ. އެމްއެފްއެމްސީ ކެޕިޓަލްގެ ދަށުން ހިންގާ މައިގަނޑު ކުންފުނިތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ވިޔަފާރިކުރާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް އާއި އައިސީޓީ އިންފްރާސްޓްރަކްޗާ މަސައްކަތްކުރާ އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.