އެމްއެމްއޭއިން ފިންލިޓް ފެސްޓިވަލް އާޓް މުބާރާތައް ހުޅުވާލައިފި

ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހަޅައިގެން 3000 ރުފިޔާއާ ހަމައަށް އިނާމު ލިބުމުގެ ފުރުސަތު އެބައޮތެވެ.

އެމްއެމްއޭއިން އެންމެފަހުން ބޭއްވި ފައިނޭންޝަލް އެކްސްޕޯގައި މާލީ މައުލޫމާތު ޒުވާނުންނަށް ދެނީ -- އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތައް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގައި ކުޑަކުދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ދެ ކެޓަގަރީއަކުން ވާދަކުރެވޭނެއެވެ. އެއީ ގްރޭޑް 5އިން 7އަށް އަދި ގްރޭޑް 8އިން 9ގެ ކެޓަގަރީއެވެ. މި މުބާރާތުގައި ޑިޖިޓަލް ކުރެހުންތަކާއި ޑިޖިޓަލްނޫން ކުރެހުންތައް ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ފަސް ތީމަކަށް ކުރެހުން ހުށަހެޅިދާނެއެވެ. އެއީ މާލީ ދުޅަހެޔޮކަމާއި ވިސްނުންތެރިކަމާއެކު ފައިސާގެންގުޅުން، ފައިސާ ރައްކާކުރުމާއި މުސްތަގުބަލުގެ އަމާޒުތައް، އެންމެން ބައިވެރިވާ މާލީ އިގްތިސާދު، އީޖާދުތަކާއި ކުރިމަގުގައި ފައިސާ, އަދި ރައްކާތެރި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމެވެ.

ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހަޅައިގެން 3000 ރުފިޔާއާ ހަމައަށް އިނާމު ލިބުމުގެ ފުރުސަތު އެބައޮތެވެ. އަދި މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުން ހޮވާލެވޭ ބައެއް ކުރެހުންތައް އެމްއެމްއޭގެ އެކިއެކި އިވެންޓްތަކާއި ހޭލުންތެރިކަމުގެ ކެންޕޭނުތަކުގައި ވެސް ބޭނުންކުރާނެކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި މުބާރާތަށް ކުރެހުން ހުށަހަޅާނީ finlit@mma.gov.mvއަށް އީމެއިލް މެދުވެރިކޮށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ކުރެހުމުގެ އަސްލު ފޮނުވައިގެންނެވެ. ކުރެހުން ހުށަހެޅުމުގެ ސުންގަޑިއަކީ 1 ނޮވެންބަރު 2026ގެ 23:59އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.