ޓެކްސް ބޮޑު ކުރުމުން ޖީއެސްޓީގެ ގޮތުގައި ސަރުކާރުން ތަޅާ ބުރުވާލަން ތިން ބިލިއަނުގެ އާމްދަނީއެއް ލިބޭނެ އެވެ. އެ ގްރާފް ކުރެހޭނީ ކުރިން ފަސް ރުފިޔާއަށް ހުރި އާފަލެއްގެ އަގު އުފުލިފައި ހުރި ހަތް ރުފިޔާގެ ނިސްބަތުން ބާސްޓެޓަށް ބެލީމަ އެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ޓެކްސް ބޮޑު ކުރަން ފާސްކޮށް އެ ފާސް ކުރުން އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ރައީސުލް ޖުމްހޫރިއްޔާ އިއްޔެ ވަނީ ތަސްދީގުގެ ސޮއި އަޅުއްވައި ގާނޫނު ގެޒެޓަށް ފޮނުވާލައްވާފަ އެވެ. މިއާއެކު ޓޫރިޒަމް ޓެކްސް / ޓީޖީއެސްޓީ) 12 ޕަސެންޓުން 16 ޕަސެންޓަށް އަދި އާއްމު މުދަލަށް ލައިގެން އާއްމުން އަތުން ނަގާ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވާނެ އެވެ. މި ބަދަލާ ގުޅުވައި ދެކޮޅަށް ވެސް ބަހުސް ކުރެވޭއިރު މި ބަދަލު ފާސްކޮށް ގެޒެޓަށް ވަނުމާއެކު މިހާރު ވެސް މާރުކޭޓުން އަގުތަކުގެ ބަދަލު ފެންނާން ވަނީ ފަށާފަ އެވެ.
މާލޭ ބާޒާރުގައި އެންމެ ބޭސިކް އެއް ބާވަތް ކަމަށްވާ އާފަލެއްގެ އަގުން ފެށި ނަމަވެސް ފެންނަނީ ބޮޑު ޓެކްހުގެ ބަދަލެވެ. ބާޒާރުގައި މީގެ ހަފުތާއެއް ކުރީން ފަސް ރުފިޔާއަށް ހުރި އާފަލެއްގެ އަގު ވަނީ ހަތް ރުފިޔާ އަށް އުފުލިފަ އެވެ. އޮރެންޖެއްގެ އަގު ހުރީ ހަ ރުފިޔާގަ އެވެ.
ދިވެހި ސަރުކާރުގެ ބަހަކީ މި ބަދަލުން އާއްމު މީހާގެ ޖީބުން ދައްކަން ޖެހޭނީ އެންމެ ދެ ރުފިޔާ އެވެ. އެކަމަކު މި ބަދަލުން ސަރުކާރުގެ ހަރަދަށް ތިން ބިލިއަން ރުފިޔާ ޔަގީން ވެގެން ދާނެ އެވެ.
މިހާރު މާލޭ ބާޒާރުގައި އަގަށް އައިސްފައިވާ ބަދަލުން ފެންނަނީ ދުނިޔޭގެ އިންފްލޭޝަނާކު ބޮޑު ޓެކްހުގެ އަށް ޕަސެންޓް އާއްމު މީހާއާ ހަމައަށް އަށް ރުފިޔާގެ ގޮތުގައި ފެނިގެން ދިއުމުގެ ފުރުސަތު ކުޑައެއް ނޫން ކަމެވެ. މިއީ "ޕްރައިސް ސްޕެކިއުލޭޝަން" އަކަށްވުރެ ބޮޑަށް މިހާތަނަށް ކަންވީ ގޮތާއި ކަންވާނެ ގޮތުގެ މައްޗަށް ބަލައި ތަޖުރިބާކާރުންގެ ވެސް އަންދާޒާ އެކެވެ.
އިގްތިސޯދު ކިތަންމެ ދޮޅަ ހެޔޮވިޔަސް ޑޮލަރެއްގެ އަގު ހުރީ 17.20ރ. ގަ އެވެ. ރަސްމީ ރޭޓަކީ 15.424ރ. ކަމަށްވިޔަސް އިމްޕޯޓަރުންނަކަށް އެމެރިކާ ޑޮލަރެއް ނުލިބެ އެވެ. އަނެއްކޮޅުން ހެސްކިޔާފަ ސަރުކާރުގެ ހަރަދު ބަރަދު މަތިވަމުން ދާއިރު ސަރުކާރަށް ބޭނުންވާ ޑޮލަރު ވެސް މަދެއް ނުވެ އެވެ. ތެލުގެ ސަބްސިޑީ 300 މިލިއަން ރުފިޔާ އިން ތިން ބިލިއަން ރުފިޔާއަށް އުފުލިފައި ވެއެވެ. ސަރުކާރުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތައް އިތުރުވެ އެސްއޯއީ ތަކަށް ޑޮލަރު ބޭނުންވާ މިންވަރު އެހައި މައްޗެވެ. އެހެންވެ އާއްމުކޮށް މުދާ އެތެރެ ކުރާ ވިޔަފާރި ތަކަށް ޑޮލަރު، ކަޅު ބާޒާރުން ގަންނަން ޖެހޭނަމަ މި ބަދަލު އިތުރަށް ގޯސްވުމުގެ ފުރުސަތު ނެތް ކަމަށް ދެކުމަކީ ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހުގައި "ރަބަރު އިސްޓޭމްޕް" ޖަހައިގެން ސަރުކާރަށް ގާނޫނު ހަދައިދޭހާ ފަސޭހަކަމެއް ނޫނެވެ.
މި ބަދަލާއެކު އަންނަ "ކޮޅިގަނޑު" ގެ ވައި އަޅާނީ އަދި މަންޒަރެއް ފެންނަނީ ބާޒާރުމަތީގެ މަޑުކޮށްލައި އަތަށް ހެޔޮވަރު ބާސްކެޓެއް ނަގައި މުދާ ގަނަން ފެށީފަ އެވެ. އާއްމު ގޭބިސީއެއްގައި ބޭނުން ކުރާ ތަކެތީގެ މުދާ، ޓުކުރިއެއް ކިހިލި ޖަހައިގެން ގޮސް ފައިސާ މޭޒަކަށް ދިއްކޮށްލުމުން ލިބޭ ބިލުކޮޅުގައި އަގަށް ބަދަލެއް އައިސްފައިވާ ކަމުގެ އިހުސާސް ރަނގަޅަށް ކުރާނެ އެވެ.
މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލު ފެންނަ ބާސްކޭޓުން މި އުފުލުން ފެނުނު ނަމަވެސް ބާޒާރުގައި އަގު ތަކަށް އަންނަ ބަދަލުގެ ހިސާބެއް ކޮންމެ މަހަކު އެއް ފަހަރު ދައްކާ ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ (އެމްބީއެސް) މުދަލުގެ ބާސްކޭޓުން ފެންނަ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތަކުން ދައްކާ މަންޒަރު ތަފާތެވެ. ސްޓެޓިސްޓިކްސް އިން މި މަހުގެ ހަ ވަނަ ދުވަހު އާއްމުކުރި އަގުތައް ދައްކާ ގޮތުން އަގު މަތިވުން ނިސްބަތުން ހުރީ މަޑުޖެހިފަ އެވެ. ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ވިދާޅުވުމަކީ އަގު މަތިވުމުގެ ފުރުސަތު އެބަ އޮތެވެ.
ސަރުކާރުގެ ސީޕީއައި ހިސާބު ކަރުދާސް ގަނޑުން ފެންނަ ގޮތުންނަމަ އޯގަސްޓުގައި އަގުތައް ހުރީ 0.22 + މަތީގަ އެވެ. އެކަމަކު ސެޕްޓެމްބަރު މަހު މި އަދަދު މިވަނީ 0.16 + ދަށްވުމެއް އައިސްފަ އެވެ. އަދި މުޅި އަހަރު ދުވަހަށް ބަލާނަމަ އަގު އުފުލުން ވަނީ 3.10 + ޕަސެންޓުން 2.62 + ޕަސެންޓަށް ދަށްވެފަ އެވެ.
ޓެކުހެއް ބޮޑު ކޮށްފިނަމަ ޔަގީންވާ ކަމަކީ އޭގެ އިފެކްޓެއް ޕަބްލިކަށް އަންނާނެ އެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ކުރިން ހަ ޕަސެންޓު ދަަށްކަން ޖެހޭ އެއްޗަކަށް އަށް ޕަސެންޓްލައި ބޮޑުވުމުން އާއްމު މީހާގެ ޖީބުން އިތުރަށްދާ އަދަދު މަތިވާނެ އެވެ. މި ބަދަލު ކުޑަކުރެވިދާނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ. އެގޮތަކީ ކޮންމެ ކޮންމެ ތަނަކުން ނުގަނެ އަގު ހެޔޮތަން ހޯދައިގެން ވިޔަފާރި ކުރުމެވެ. ކޮންމެހެން ގޭދޮށުގައި ހުންނަ ކަންމަތީ ފިހާރައިން ވިޔަފާރި ކުރާކަށް ލާޒިމެއް ނޫނެވެ. ތަންކޮޅެއް ދުރާ ހިނގާލާފަ ގޮސް ވެސް ވިޔަފާރި ކޮށްލެވި ދާނެ އެވެ.
މި ބަދަލުގެ ސަބަބުން އާއްމު މީހާގެ ޖީބަށް ބުރަ ބޮޑުވާއިރު މިކަމުން ސަރުކާރުގެ ޖީބަށް އަންނާނީ ތިޔާގި ކަމެކެވެ. ކުރިއަށް ރިޔާސީ އިންތިހާބު އޮތްއިރު މި ބަދަލުގެ ސަބަބުން ދައުލަތުން ނަގައި ސަރުކާރުން ތަޅާއި ބުރުވާލަން އާމްދަނީއަށް 3.6 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ އެވެ. މި ބަދަލާއެކު އަންނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ ހުންނާނެ ކަމަށް ލަފާ ކޮށްފައި ވަނީ 32 ބިލިއަން ރުފިޔާގަ އެވެ.
އަފްރާހު ކުރަހައިދޭ ގްރާފެއް ރާއްޖޭގެ ފިނޭންސް މިނިސްޓްރީގައި ތިބި މީހުން ރައީސް ސޯލިހަށް ބުނެއެއް ނުދޭ. އެމީހުން ކިޔައިދޭނީ އިންތިހަބަށް ފައިސާ ހޯދާނެ ގޮތް