މިފަހަރު ވިއްކަން ހުޅުވާލާފައިވާ އެންމެ ބޮޑު ޓީބިލްގެ އަދަދަކީ 28 ދުވަހުން އަދާކުރަން ޖެހޭ 285 މިލިއަން ރުފިޔާގެ ޓީބިލް އެކެވެ. މި ޓީބިލްގެ އިންޓަރެސްޓް ރޭޓް ހުރީ 3.50% ގަ އެވެ.

ބަޖެޓަށް ފައިސާ ހޯދަން 941.09 މިލިއަން ދިވެހި ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގަތުމުގެ ފުރުސަތު އިންވެސްޓަރުންނަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން މިފަހަރު ހުޅުވާލާފައިވާ އަދަދަކީ ވިއްކުމަށް ހުޅުވާލާފައިވާ 4 ކެޓަގަރީގެ ޓީ-ބިލްތަކުގެ އަދަދުތަކުންނެވެ.
މި ފަހަރު ވިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ކެޓަގަރީއެއްގެ ޓީ-ބިލެވެ. މި ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވާ ތާރީޚަކީ 4 އޮކްޓޯބަރ 2026 އެވެ. އަދި ފައިސާ ދައްކަންޖެހޭ (ސެޓްލްމަންޓް) ތާރީޚަކީ މިއަދެެވެ.
ޓީ-ބިލް ގަންނަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ 'ސަބްސްކްރިޕްޝަން ފޯމު' މެދުވެރިކޮށް، ސޭލްސް ޑޭޓްގެ ހެނދުނު 8:30 އިން 11:00 އާ ދެމެދު ފޯމު ހުށަހަޅަން ޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.