ލޯންލީ ޕްލެނެޓްގެ 2027 ގެ އެންމެ ރީތި ބީޗްތަކުގެ ލިސްޓުގައި ފުލިދޫ

ރާއްޖޭގެ ރިސޯޓުތަކުގެ ބަދަލުގައި ލޯކަލް ޓޫރިޒަމްގެ ތަޖުރިބާ ހޯދުމަށް ފުލިދޫ އަކީ އެންމެ ފުރިހަމަ އެއް މަންޒިލްގެ ގޮތުގައި ލޯންލީ ޕްލެނެޓުން ވަނީ ސިފަކޮށްފަ އެވެ.

ރީތި ބީޗެއް އޮންނަ ވ. ފުލިދޫ

ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ މަޝްހޫރު މަޖައްލާ "ލޯންލީ ޕްލެނެޓް" އިން ނެރުނު "ބެސްޓް އިން ޓްރެވަލް 2027" ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 25 މަންޒިލެއް ހިމެނުނުރު މި ލިސްޓުގައި ވ. ފުލިދޫ ބީޗް ހިމެނިއްޖެ އެވެ. 

މިއަހަރުގެ ލިސްޓުގައި އާންމުކޮށް މީހުން ޗުއްޓީ ހޭދަކުރަންދާ މަޝްހޫރު މަންޒިލްތަކުގެ ބަދަލުގައި ތަފާތު ތަޖުރިބާތައް ލިބޭ އާންމުކޮށް މީހުން ނުދާ ފަދަ އަތިރިމަތީގެ މަންޒިލްތަކަށް ވަނީ އިސްކަންދީފަ އެވެ. 

ލޯންލީ ޕްލެނެޓްގެ ސީނިއަ ވައިސް ޕްރެޒިޑެންޓް ނިތްޔާ ޗެމްބާސް ވިދާޅުވި ގޮތުގައި މި ލިސްޓުގެ ސަބަބުން އަތިރިމައްޗާއި ރަށްރަށުގައި ޗުއްޓީ ހޭދަކުރުމުގެ ހިޔާލު އިތުރަށް ފުޅާވެގެންދާނެ އެވެ. އޭގެ ތެރޭގައި އަލިފާން ފަރުބަދަތަކާއި، ފިނި މޫސުމުގެ މަންޒިލްތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ބަދަލުގައި ލޯކަލް ޓޫރިޒަމްގެ ތަޖުރިބާ ހޯދުމަށް ފުލިދޫ އަކީ އެންމެ ފުރިހަމަ އެއް މަންޒިލްގެ ގޮތުގައި ލޯންލީ ޕްލެނެޓުން ވަނީ ސިފަކޮށްފަ އެވެ. ބޮޑެތި ޕްރައިވެޓް ރިސޯޓުތަކުގެ ބަދަލުގައި ގެސްޓްހައުސްތަކުގައި މަޑުކޮށްލައިގެން، ރަށުގެ ރައްޔިތުންނާއެކު އުޅެމުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސާފު މޫދާއި ދޮންވެލި ތުނޑިތަކުގެ ހިތްގައިމުކަން ތަޖުރިބާކުރުމުގެ ފުރުސަތު ފުލިދޫން ލިބޭނެކަން އެ މަޖައްލާ އިން ފާހަގަކޮށްފައިވެ އެވެ.

ފުލިދޫގެ އިތުރުން ލިސްޓުގައި ހިމެނޭ 10 މަންޒިލް

  • ކެނެޑާގެ ޕްރިންސް އެޑްވަރޑް އައިލެންޑް
  • ސްވިޑަންގެ ސްވިޑިޝް ރިވިއެރާ
  • ކެރީބިއަންގެ މޮންޓްސެރާޓް
  • ޕެނަމާގެ ބޮކަސް ޑެލް ޓޯރޯ
  • ޖަޕާނުގެ އޮކިނާވާ
  • ވިއެޓްނާމްގެ ދާނަންގް
  • ނިއު ކެލެޑޯނިއާ
  • އޮސްޓްރޭލިއާގެ ދަ ޓްވީޑް
  • ކްރޮއޭޝިއާގެ ޝިބެނިކް

މި 25 މަންޒިލްގެ ލިސްޓަކީ ލޯންލީ ޕްލެނެޓްގެ ލިޔުންތެރިންނާއި ކޮންޓްރިބިއުޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، އެމީހުންގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ. މީގެ ތެރޭގައި އުތުރު އެމެރިކާ، ޔޫރަޕް، ކެރީބިއަން، އެފްރިކާ، އޭޝިއާ އަދި އޯޝޭނިއާގެ މަންޒިލްތައް ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.