ރަޝިޔާ އާއި ކަޒަކްސްތާނުގައި ތޮއްޑޫ އިސްތިހާރުކޮށްފި

މި ރޯޑްޝޯގެ ސަބަބުން ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މާކެޓުގައި ތޮއްޑޫގެ މަޤާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ޝިޔާގެ މޮސްކޯ އާއި ސެއިންޓް ޕީޓަރސްބަގްގައި ތޮއްޑޫ އިސްތިހާރު ކުރަނީ -- ތޮއްޑޫ

ރަޝިޔާގެ މޮސްކޯ އާއި ސެއިންޓް ޕީޓަރސްބަގް އަދި ކަޒަކްސްތާނުގެ އަލްމަޓީގައި ކުރިއަށްދިޔަ "އައި އެމް މޯލްޑިވްސް ރޯޑްޝޯ 2026" ގައި އއ. ތޮއްޑޫގެ ފަތުރުވެރިކަން ވަރަށް ފުރިހަމައަށް އިޝްތިހާރުކޮށްފިއެވެ. 

މި ރޯޑްޝޯގެ ސަބަބުން ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މާކެޓުގައި ތޮއްޑޫގެ މަޤާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.   

ތޮއްޑޫގެ ފަރާތުން މި ރޯޑްޝޯގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ޝޯލައިން ގްރޭންޑްގެ ފައުންޑަރ އަދި ސީއީއޯ ޒުލައިހާ އިބްރާހީމްއެވެ. އޭނާ ވަނީ ލޯކަލް ޓޫރިޒަމްގައި ތޮއްޑޫއަކީ ފާހަގަކޮށްލެވޭ ރަށެއްކަން ބައިވެރިންނަށް އަންގައިދީފައެވެ. އެގޮތުން ތޮއްޑޫގެ ހިތްގައިމު ގޮނޑުދޮށްތަކާއި، ދަނޑުވެރިކަމުގެ މުއްސަނދި ސަގާފަތާއި، ދިވެހިންގެ އާދަކާދަތަކުގެ އިތުރުން މެހެމާންދާރީގެ ފުރިހަމަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒުލައިހާ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ މިފަދަ ރޯޑްޝޯތަކުގައި ބައިވެރިވުމަކީ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން އަދި އިންޑަސްޓްރީގެ އެހެނިހެން ފަރާތްތަކާ ސީދާ ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. އަދި މީގެ ސަބަބުން ވަކިވަކި ޕްރޮޕަޓީތައް އިޝްތިހާރުކުރުމުގެ ބަދަލުގައި މުޅި ރަށް އެއްކޮށް މާކެޓްކުރުމަށް ފުރުސަތު ލިބިގެންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމޭޒިން ވިއު ގެސްޓްހައުސްގެ ފައުންޑަރ މޫސާ ފާރޫޤް ވެސް ވަނީ މި ރޯޑްޝޯގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފަ އެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ބައިނަލްއަޤްވާމީ މިފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން ތޮއްޑޫގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އާ ގުޅުންތައް ބިނާކުރުމަށާއި އާ މާކެޓްތަކަށް ވަނުމަށް މަގުފަހިވެގެންދެއެވެ.

މި ރޯޑްޝޯގައި ތޮއްޑޫއިން ބައިވެރިވުމަކީ ގުޅިގެން ރާވައިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ރަށް އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ރީތި ގޮނޑުދޮށްތަކާއި، ފުޅާ ދާއިރާއެއްގައި ކުރެވޭ ދަނޑުވެރިކަމާއި، ރަށުގެ ސަގާފަތުގެ އިތުރުން ފެންވަރު ރަނގަޅު އެކޮމޮޑޭޝަންތަކާއެކު، ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި ތޮއްޑޫ އަންނަނީ ކުރިއަރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.