ގަން އެއާޕޯޓުން ތިން ކިލޯގެ ޑްރަގު އެތެރެކުރާން އުޅެނިކޮށް އަތުލައިގެންފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ އިބްރާހީމް 15 ދުވަހަށް އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު މީހުން --

ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަންއުޅުނު ތިންކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައިއިރު އެމީހުންގެ ލަގެޖުން 3.3 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެއީ އިންޑިއާ ދެ މީހުންނެވެ.

އެކަން މޯލްޑިވްސް ކަސްޓަމްސް އިން ފުލުހުންނަށް އެންގުމުން، އެމީހުންގެ ލަގެޖު ބަލައި ފާސްކުރުމަށްފަހު ވަނީ ހައްޔަރު ކޮށްފަ އެވެ. ތިންވަނަ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގަ އެވެ. ތަކެއްޗާ ހަވާލުވާ އައިސްފައި ވަނީ ދިވެއްސެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ ވިވެކް އަމްބަން (24އ) އާއި ޝަހްމިލް ޕަލި ޕަރަމްބަތް (32އ) އަދި ޏ. ފުވައްމުލައް، ހޯދަޑު. ކުމެރީގެ އަބްދުﷲ އިބްރާހީމް (36 އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ އިބްރާހީމް 15 ދުވަހަށް އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.