ރައީސް ޔަގީންކަމާއެކު | ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ވަރުގަދަވާނެ

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު އެ ފަންޑުގައި ހުރީ އެންމެ 2 މިލިއަނެއްހާ ޑޮލަރު ނަމަވެސް، މިހާރު އެ އަދަދު ވަނީ 300 މިލިއަން ޑޮލަރަށްވުރެ މައްޗަށް އިތުރުކުރެވިފަ އެވެ.

ރައީސް ޑރ. މުއިއްޒު ނޭޝަނަލް ޗެޓް ޕޮޓްކާސްޓުގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ރާއްޖޭގެ ތާރީހުގައި މީގެކުރިން ބޭރު ފައިސާގެ ރަސްމީ ރިޒާވް މައްޗަށް ނުދާ މިންވަރަށް މި ސަރުކާރުން ރިޒާވް ކުރިއެރުވި ކަމަށާއި، އަދި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް އިތުރަށް ވަރުގަދަކުރެވިގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް ބުރޫއެރިޔަނުދީ، ގަޑިން ގަޑިއަށް ދަރަނިތައް ދައްކައި ގައުމު ބަނގުރޫޓުވުމުގެ ނުރައްކަލުން ސަލާމަތްކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ރިޒާވަށް އައި ކުރިއެރުމާއި ދިމާވި ގޮންޖެހުންތައް

ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މި އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު ރިޒާވް 1.2 ބިލިއަން ޑޮލަރަށް އަދި މާޗު މަހުގެ ނިޔަލަށް ރެކޯޑު މިންވަރެއް ކަމަށްވާ 1.3 ބިލިއަން ޑޮލަރަށް އެރިކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، އޭގެ ފަހުން ރިޒާވް ދަށްވާން ދިމާވި މައިގަނޑު ސަބަބުތައް ވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ

  •  މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އަސާސީ މުދަލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުން.
  •  ސުކޫކުގެ ޕޭމަންޓަށް ބޭނުންވާ ގާތްގަނޑަކަށް 520 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަންޖެހުމުގެ ސަބަބުން ރިޒާވަށް ބޮޑު ބުރައެއް އުފުލަން ޖެހުން.

މި ދަތިތަކާއެކުވެސް، ރައްޔިތުންނަށް ދަތިނުވާނޭހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން ދަރަނި އަދާކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެސްޑީއެފް ފަންޑަށް ބޮޑު ކުރިއެރުމެއް

މީގެ އިތުރުން ރައީސް ދެއްވި އެންމެ އުފާވެރި އެއް ހަބަރަކީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ލިބިފައިވާ ބޮޑު ކުރިއެރުމެވެ. ވެރިކަމާ ހަވާލުވިއިރު އެ ފަންޑުގައި ހުރީ އެންމެ 2 މިލިއަނެއްހާ ޑޮލަރު ނަމަވެސް، މިހާރު އެ އަދަދު ވަނީ 300 މިލިއަން ޑޮލަރަށްވުރެ މައްޗަށް އިތުރުކުރެވިފައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނީގެ ބުރަ ލުއިކޮށްދީ، އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓައި، އާންމު ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރިޒާވާއި އެސްޑީއެފް ފަންޑު އިތުރަށް މުއްސަނދިވެގެން ދިއުމަކީ އޭގެ ސަބަބުން ރައްޔިތުންނަށް އިގްތިސާދީގޮތުން އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.