މިއީ 43 އަހަރު ފަހުން މަސްޖިދުލް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މަސްޖިދުލް ހަރާމްގެ އިމާމު އަދި ހަތީބު ޑރ. ޔާސިރު އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާކަން ހާމަކުރެއްވީ ރޭ ބޭއްވި ކީރިތި ގުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޝަހީމް ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީހު ފަހުން އިއުލާނު ކުރައްވާނެ ކަމަށެވެ.
މިއީ 43 އަހަރު ފަހުން މަސްޖިދުލް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު، ޝައިހު މުހައްމަދު އައްސުބައްޔިލެވެ.
މިދިޔަ އަހަރު މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.