ރާއްޖެ-ޗައިނާ ގުޅުމަކީ ތަރައްގީއަށް އެޅިގެންދާ ބަރިޖްތަކެއް: ރައީސް

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ޗައިނާގެ ފޯ ގްލޯބަލް އިނީޝިއޭޓިވް ހިމެނޭހެން ދެގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާއި، ރާއްޖޭގެ ތަރައްގީގެ އަމާޒުތަކުގެ މައްޗަށް ދެގައުމުގެ ގުޅުން އިތުރަށް ބައްޓަންވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ --

ޗައިނާ އާއި ރާއްޖޭގެ ގުޅުމަކީ ތަރައްގީ އާއި ފުރުސަތުތަކާއި މުސްތަގުބަލަކަށް އެޅިގެންދާ ބްރިޖްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެގައުމުގެ ގުޅުން ބިނާވެފައި ވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި، އިސްތިގުލާލީ ހަމަހަމަކަމާއި، ސުލްހަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމާއި، އަދި ވަން ޗައިނާ ޕްރިންސިޕަލް ދެމެހެއްޓުމުގައި ރާއްޖެއިން ދޭ އަހަންމިއްޔަތު ކަމުގެ މައްޗަށް ކަމަށެވެ.

އަދި، މިދިޔަ އަހަރު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެއްބަސްވެވުނު "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް"ގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ވާސިލްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ތަރައްގީގައި ޗައިނާއިން އަދާކުރަމުންދާ ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ޒަމާނީ އާބަން މަޝްރޫޢުތަކާއި ރަށްރަށުގެ ދެމެހެއްޓެނިވި ބިނާވެށިކަމާއި، ތައުލީމާއި، ފަންނީ ތަމްރީނުގެ ފުރުސަތުތަކާއި، އިދާރާތަކަށް ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ޗައިނާ އެހީތެރިވަމުންދާ ކަމަށެވެ.

އަދި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ގެދޮރުވެެރިކަމުގެ މަޝްރޫއުތަކުގެ އިތުރުން ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) އޮތްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ޗައިނާގެ ފޯ ގްލޯބަލް އިނީޝިއޭޓިވް ހިމެނޭހެން ދެގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާއި، ރާއްޖޭގެ ތަރައްގީގެ އަމާޒުތަކުގެ މައްޗަށް ދެގައުމުގެ ގުޅުން އިތުރަށް ބައްޓަންވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.