އެ މައްސަލާގައި ހައްޔަރު ކުރީ 21 އަހަރުގެ ދިވެހި ފިރިހެނެއް

ސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިޔަސް އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ އަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.