ސިފައިން މި މީހާ ސަލާމަތްކޮށްފައިވަނީ ރޭ 12:00 ގަ އެވެ. މި މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެ ރޭ ސަލާމަތްކޮށްފި އެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް، ރޭ ދަންވަރު 00:44ގައި ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފަ އެވެ.
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވަ އެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ހާބަ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސް އާ ވަނީ ހަވާލުކޮށްފައެވެ.