ނަތަންޔާހޫ ހުންނަ ހޮޓަލުގެ ނަރުދަމާ ވަޅުގަނޑެއްގެ ތެރެއިން ތިން މީހަކު ނުކުމެއްޖެ

ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކާކުކަން ނޭނގޭ މި 3 މީހުން ނުކުމެފައިވަނީ ފަތިހު 4:35 ހާއިރު އެވެ. އެމީހުން ވަނީ ފިލާފަ އެވެ.

ތިން މީހުން ނުކުތް ކަމަށް ބުނާ ނަރުދަމާ ވަޅުގަނޑު ކައިރީ ފުލުހުން

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ގޮސް އުޅޭ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުންނަވާ ކަމަށް ބެލެވޭ ނިއުޔޯކުގެ ހޮޓަލާ ކައިރިން މަގުމަތީގައި ހުރި ނަރުދަމާ ވަޅުގަނޑެއްގެ ތެރެއިން ގޮތްނޭނގޭ ތިން މީހަކު ނުކުމެގެން ދިޔަ މަންޒަރެއް ފެނިއްޖެ އެވެ.

ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކާކުކަން ނޭނގޭ މި 3 މީހުން ނުކުމެފައިވަނީ ފަތިހު 4:35 ހާއިރު އެވެ. މި މީހުން ވަނީ އެތަނުން ނުކުމެ ދެ ކާރެއްގައި ޕާކް އެވެނިއުގެ އުތުރަށް ދުއްވާފަ އެވެ.

ނިއުޔޯކް ޓައިމްސްގައިވާ ގޮތުގައި ނަތަންޔާހޫ އަދި އެހެނިހެން އިސް ވެރިން ތިއްބަވާނީ މި ސަރަހައްދުގައި ހުންނަ 'ލޯވްސް ރީޖެންސީ ނިއުޔޯކް' ހޮޓަލުގައެވެ. މި ހާދިސާއަކީ ނަތަންޔާހޫގެ ދަތުރުފުޅާ ގުޅުންހުރި ކަމެއްކަން އަދި ކަށަވަރުނުވި ނަމަވެސް، ނިއުޔޯކް ފުލުހުން (އެންވައިޕީޑީ) އިން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތޫފާނަކަށްފަހު، އަގުހުރި ތަކެއްޗާއި ދަގަނޑު ފަދަ ތަކެތި ހޯދުމަށް ނަރުދަމާ ނިޒާމުގެ ތެރެއަށް މީހުން ވަނުމަކީ މި ފަހަކަށް އައިސް އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ. 

"މި ހާދިސާވެސް ފެންނަނީ އެފަދަ ކަމެއްގެ ގޮތުގައި. ނަމަވެސް އދ. ގެ އާންމު މަޖިލީސް ކުރިއަށްދާ ވަގުތާ ދިމާވުމުންނާއި، އެ ސަރަހައްދުގެ ނާޒުކުކަމަށް ބަލައި ފެޑެރަލް ފުލުހުންނާ ގުޅިގެން އިތުރު ސެކިއުރިޓީ ސްވީޕްތައް ދަނީ ކުރިއަށް ގެންދަމުން،" ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.