ސަފީރުގެ ދަރި މަރާ ހަނގުރާމަ ކުރަމުންދާއިރު، އަނެއް ކުއްޖާ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޣައްޒާގައި ހިންގި އަސްކަރީ އޮޕަރޭޝަންގައި އުޅެނިކޮށް މަރާލާފަ އެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ކާރަކުން ޖައްސައި ބުދަ ދުވަހު ދިން ހަމަލާއެއްގައި، އެމެރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު / ރިޒާވް ސިފައިންގެ މީހެއް ކަމަށްވާ ޔެކިއެލް ލެއިޓަރގެ ދަރިފުޅަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިންނެވެ. ހަމަލާ ދީފައިވަނީ ބެއިޓް ހޮރޯންގައި ހުރި ޗެކްޕޮއިންޓެއްގަ އޭނާ ފޯރި މަރަން ހުއްޓަ އެވެ. ހަމަލާ ދިން މީހާ ވަނީ ބާދުވެލީގައި އައި ކާރު ޖައްސާ ސިފައިންގެ މީހާ ބުރުވާލާފަ އެވެ.
މި ހަމަލާގައި އަނިޔާވި ނީރިއާ ލެއިޓާ އަކީ އިސްރާއީލުގެ ރިޒާވް ސިފައިންގެ މީހެކެވެ. ސަފީރު ލެއިޓާ ދޮށީ ދަރިފުޅު، އުމުރުން 39 އަހަރުގެ މޯޝޭ ޔެޑިޑްޔާ ލެއިޓަރ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޣައްޒާގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ތެރޭގައި މަރުވެފަ އެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި ހަމަލާ ދިނުމަށް ބޭނުންކުރި ކާރު ދުއްވަން އިން 29 އަހަރުގެ މަހުމޫދު މުހައްމަދު މަހުމޫދު ސުލައިމާން ވަނީ ހަމަލާ ދިން ސަރަހައްދުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފަ އެވެ. އޭނާއަކީ ކައިރީގައި އޮންނަ ބެއިޓް އުރު އައް-ތަހްތާ އަވަށަށް ނިސްބަތްވާ ފަލަސްތީނު ރައްޔިތެކެވެ.
ހަމާސް އިން ބުނެފައިވަނީ މިއީ އިސްރާއީލުން ހުޅަނގު އައްސޭރިއާއި ގުދުސްގައި ހިންގަމުންދާ އަމަލުތަކަށް ދެވުނު "ތަބީއީ ރައްދެއް" ކަމަށެވެ. ނަމަވެސް އެއީ އެ ޖަމާއަތުން ރާވައިގެން ދިން ހަމަލާއެއް ކަމަކަށް ހަމާސް އިން ނުބުނެ އެވެ.