އެމްއެމްއޭ ރިސާޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސަރޗް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

އެމްއެމްއޭ ރިސާޗް ކޮންފަރެންްސް -- އެމްއެމްއޭ

އެމްއެމްއޭ ރިސާޗް ފަންޑުގެ 2026 ވަނަ އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. 

މި ރިސަރޗް ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މި ގްރާންޓަށް ކަޑައަޅާފައިވާ ޖުމްލަ އަދަދަކީ 5 މިލިއަން ރުފިޔާއެވެ. މި ގްރާންޓްތަކުގެ މަޤްސަދަކީ ޢިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމާއި، ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.
މި ފަންޑަށް އަމިއްލަ ފަރުދުންނަށާއި ތައުލީމީ އިދާރާތަކާއި ތިންކު ޓޭންކުތަކަށް ކުރިމަތިލޭވޭނެއެވެ. 

އެމްއެމްއޭއިން ހާމަކުރާގޮތުގައި މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް ފަރުދަކަށް ވާންޖެހެ އެވެ. އަދި ޕީއެޗްޑީ އޮންނަ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ހިތްވަރުދެ އެވެ.
އެމްއެމްއޭ އިން ހާމަކުރާ ގޮތުގައި ރިސަރޗް ގްރާންޓްގައި އެންމެ ބޮޑަށް ބަލާނީ އެމްއެމްއޭގެ މަގްސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ. ނަމަވެސް، އެހެން ދާއިރާތަކުން ވެސް ރިސާޗް ގްރާންޓަށް ކުރިމަތިލެވޭނެއެވެ. 

ރިސާޗް ޕޭޕަރު ހުށަހަޅާ ދާއިރާތައް

އިޤްތިޞާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު، އަދި އިންފްލޭޝަން ޑައިނަމިކްސް
މާލީ ދާއިރާގެ ވިލުންވެރިކަން، ގާނޫނުތަކާއި، އީޖާދުތައް
ޑިޖިޓަލައިޒޭޝަން، ފިންޓެކް، އަދި މާލީ ބައިވެރިވުން
ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދު
އިސްލާމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްގީ
ވަޒީފާގެ ބާޒާރާއި ތަޢުލީމީ ދާއިރާ
ބޯހިޔާވަހިކަމާއި، އަރބަން ޑިވެލޮޕްމަންޓް އަދި ސްޕޭޝިއަލް އިކޮނޮމިކްސް
ސިއްޙީ ދާއިރާ، ދައުލަތުގެ ޚަރަދު، އަދި އިޖްތިމާއި ރައްކާތެރިކަން

އެމްއެމްއޭގެ ރިސާޗް ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ އޮތޯރިޓީގެ ރިސާޗް ކޮންފަރެންސްގައި އިފްތިތާޙް ކޮށްފައިވާ ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު ހުޅުވާލާފައި ވަނީ 2025 ވަނަ އަހަރެވެ. މިގޮތުން، 2025 ވަނަ އަހަރު މި ފަންޑުގެ ދަށުން 6 ރިސާޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް އެވޯޑު ކޮށްފައިވެއެވެ. އެމްއެމްއޭގެ ރިސަރޗް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ރިސާޗް ފަންޑަށް ކުރިމަތިލާނީ އެމްއެމްއޭ ރީސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.