ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބިޑަށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ

ހުޅުމާލޭގައި 50 އެނދުގެ ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބިޑަށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

ރަޖިސްޓްރޭޝަން ފީ އަކީ 1500ރ. ނުވަތަ 100 ޑޮލަރެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 864,000.00ރ. ދައްކަންޖެހޭނެ އެވެ.

އެ އިއުލާނުގައިވާ ގޮތުން، ބިޑް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިންނެވެ. ބިޑް ހުޅުވާނީ އޭގެ އަނެއް ދުވަހުގެ 11:00 ގައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ލ. ގަމުގައި އެފަދަ ހޮސްޕިޓަލެއް އަޅަން އިއުލާނުކުރި ނަމަވެސް އެއީ ބޭރުގެ ލޯނު އެހީއެއް ހޯދައިގެން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ނަފްސާނީ މައްސަލަތައް ހުންނަ މީހުން އެންމެ ގިނައީވެސް މާލެ ސަރަހައްދުގައި ކަމަށެވެ.

އެގޮތުން މެންޓަލް ހެލްތު ކޮންސަލްޓޭޝަނަށް މިއަހަރުގެ ޖެނުވަރީ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 24 އާ ހަމައަށް ޖުމްލަ 10،954 މީހުންނަށް އާސަންދަ ފޯރުކޮށްދީފައިވާއިރު، އޭގެތެރެއިން 8،125 މީހުންނަކީ މާލެއިން ހިދުމަތް ހޯދި މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.