އެނގިފައިވާ ގޮތުގައި ޝިއުނާ ސަސްޕެންޑްކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ސަސްޕެންޑް ކޮށްފައި ވަނީ އެ އޮފީހުގެ އިދާރީ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެ އެވެ.

އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޝިއުނާ، ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަތީ އޭޕްރީލް، 2023ގަ އެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ އޮފީހުގެ ކޯޕަރޭޓް އެފެއާޒް ބަޔާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ބެލެހެއްޓެވުމެވެ.
އޭގެ ކުރިން އޭނާ ވަނީ އޭސީސީގެ ރައީސްގެ މަގާމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.