ނަޝީދު ވިދާޅުވެފައި ވަނީ މި މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތުތައް ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން އަންނަ މަހު ބާއްވާ ކޮންގްރެސްގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްމެންޓް ހޯދުމަށް ބާއްވާ ފޯރަމުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން 100 އަށް ވުރެ ގިނަ މަޝްރޫއު މި ފޯރަމަށް ހުށަހަޅަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއީ މާލީ ގޮތުން ފައިދާވާނެ އަދި ބޭންކުތަކުން ބަލައިގަންނަ ފަދަ މަޝްރޫއުތަކެއް ކަމަށް ވިދާޅުވި އެވެ.
"ރަށްވެހި ތަރައްގީ އިންވެސްޓްމެންޓް ފޯރަމް" ގެ ނަމުގައި ކުރިއަށް ގެންދާ އެ އިންވެސްޓްމެންޓް ފޯރަމް ބާއްވަނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމަައަށެވެ.
މިކަމަށް ހާއްސަކޮށް އެމްޑީޕީން ތައްޔާރުކޮށްފައިވާ ވެބްސައިޓުން ފެންނަ ގޮތުގައި، މި ފޯރަމުގައި ހުށަހަޅަން މިހާރު ވެސް އެކި ކައުންސިލްތަކުން ވަނީ 70 އަށްވުރެ ގިނަ މަޝްރޫއު ރަޖިސްޓްރީ ކޮށްފަ އެވެ. އެންމެ ގިނަ ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ގދ. އަތޮޅުންނެވެ.
މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ މަޝްރޫއުތަކުގައި ހިމެނެނީ؛
ނަޝީދު ވިދާޅުވެފައި ވަނީ މި މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތުތައް ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ އަންނަ މަހުގެ 1 އިން 3 އަށެވެ. މި ކޮންގްރެސްގައި 1000 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް އެޕާޓީން އިއްޔެ ބުނެފައިވެ އެވެ.