ނަޔަންތާރާގެ ރާއްޖޭގެ ލަގްޒަރީ ޗުއްޓީއަށް ދެ ރެއަށް 8،000 ޑޮލަރު

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ނަޔަންތާރާ އޭނާގެ ޗުއްޓީ ހޭދަކުރި ފޮޓޯތަކާއެކު ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.

ނަޔަންތާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯތަކެއް -- ފޮޓޯ އެންޑީޓީވީ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ނަޔަންތާރާ އޭނާގެ ޗުއްޓީ ހޭދަކުރުމަށް ދިވެހިރާއްޖޭގެ ލަގްޒަރީ ރިޒޯޓަކަށް އަތުވެއްޖެއެވެ. އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ކ. އަތޮޅު ފަރި އައިލެންޑްސްގައި ތަރައްޤީކޮށްފައިވާ މަތީ ފަންތީގެ ރިޒޯޓެއް ކަމަށްވާ "ޕަޓީނާ މޯލްޑިވްސް" ގައެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ ނަޔަންތާރާގެ މި ދަތުރަށް ސަމާލުކަން ދީފަ އެވެ. އޭނާވަނީ ރީނދޫ ކުލައިގެ ހިތްގައިމު ހެދުމަކާއި އަވިއައިނު އަދި ތޮފި އަޅައިގެން، ރިޒޯޓުގެ ދޮންވެލި ގޮނޑުދޮށުގައި ނަގާފައިވާ ރީތި ފޮޓޯތަކެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކޮށްފައެވެ. މި ފޮޓޯތަކުން އޭނާ ރާއްޖޭގެ ރީތި މާޙައުލުގައި އަވީގެ ހިތްގައިމުކަން ހޯދަމުންދާ މަންޒަރު ފެނިގެންދެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ނަޔަންތާރާ ޗުއްޓީ ހޭދަކުރަމުންދަނީ ޕަޓީނާ މޯލްޑިވްސްގެ "ޓޫ-ބެޑްރޫމް ސަންސެޓް ވޯޓަރ ޕޫލް ވިލާ" އެއްގަ އެވެ. މި ވިލާގެ އެއް ރޭގެ އަގަކީ ގާތްގަނޑަކަށް 4,090 އެމެރިކާ ޑޮލަރެވެ. ޖުމްލަ 8،000 ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. މިއީ އިންޑިއާ ރުޕީސްއިން ބަލާނަމަ ގާތްގަނޑަކަށް 3.9 ލައްކަ (392,376) ރުޕީސްއެވެ. އެހެންކަމުން، މި ވިލާގައި ދެ މީހަކު ދެ ރޭގެ ޗުއްޓީއެއް ހޭދަކުރުމަށް ގާތްގަނޑަކަށް 8 ލައްކަ ރުޕީސް (784,752 ރުޕީސް) ޚަރަދުވާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.