އިމާމުންގެ ޑްރެސް ކޯޑުގެ ނަމޫނާއެއް؛ މިނިސްޓަރު އެދެނީ އާންމުންގެ ހިޔާލަށް

"ފޭރާންކޮޅު ޑިޒައިން ކުރުމުގައި މިބަލަނީ އާސާރީ މިސްކިތްތަކާއި ތާރީހުން ފެންނަން ހުރި ދިވެހި ވަންތަ އިސްލާމީ ހަޟާރަތުގެ ބަހާތަކުގެ މައްޗަށް،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އިމާމުންގެ ޑްރެސް ކޯޑުގެ ނަމޫނާ --

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކުން ނަމާދުކުރާ ވަގުތު އަޅާނެ ހާއްސަ ހެދުމުގެ ނަމޫނާއެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާންމުކުރައްވައިފި އެވެ.

ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރައްވާ ބޭފުޅުންނާއި، އާންމުކޮށް އިމާމުންގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް ހާއްސަ ޑްރެސް ކޯޑެއް ފަރުމާ ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިއުލާނު ކުރައްވާފަ އެވެ.

އަދި މިރޭ ޝަހީމް ވަނީ ދިވެހިވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އިމާމުންގެ ޑްރެސްކޯޑެއްގެ ނަމޫނާ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ. އަދި އެޔަށް އާންމުންގެ ހިޔާލަށް ވެސް އެދިވަޑައިގެންފައިވެ އެވެ.


އިމާމުންގެ ޑްރެސް ކޯޑުގެ ނަމޫނާ --

ޝަހީމް ވިދާޅުވީ އިމާމުންނަށް ހާއްސަކޮށް ފަރުމާ ކުރާ ހެދުމަކީ ދިވެހި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ އެއްޗަކަށް ވެގެންދާނެ ކަމަށެވެ.

"ފޭރާންކޮޅު ޑިޒައިން ކުރުމުގައި މިބަލަނީ އާސާރީ މިސްކިތްތަކާއި ތާރީހުން ފެންނަން ހުރި ދިވެހި ވަންތަ އިސްލާމީ ހަޟާރަތުގެ ބަހާތަކުގެ މައްޗަށް،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މިކަން ކުރަނީ ރާއްޖޭގެ ސަގާފަތާއި ތާރީހު ދެމެހެއްޓުމަށާއި ރާއްޖޭގެ ދީނީ ސަގާފަތުގެ ތެރެއަށް ވަދެގެންދާ ބިދޭސީ އާދަކާދައިން ސަލާމަތްވުމުގެ ނިޔަތުގައި ކަމަށެވެ. 

އިމާމުންގެ ފޭރާމަށް ހިޔާލު ހޯދި ބައެއް ތަންތަނާއި ތަކެތި --

އޭނާ ވިދާޅުވީ އަމާޒަކީ އިމާމުންގެ ޑްރެސް ކޯޑު އަންނަ ރޯދަ މަހަށް ފައިނަލްކޮށް، ތަންފީޒުވެގެން ދިއުން ކަމަށެވެ.

މިނިސްޓަރު ޝަހީމް ހިއްސާކުރެއްވި ފޮޓޯތަކުން ތާކިހަލާއެކު ތިން ކުލައެއްގެ ހެދުމެއް ފެނެ އެވެ. އެއީ ރަތް، ފެހި އަދި ނޫ ކުލަ އެވެ. ނަމަވެސް އެއީ ފައިނަލް ކުލަތަކެއް ނޫން ކަމަށާއި، އެއީ ހިޔާލު ބިނާ ކުރުމަށް ހިއްސާކުރެއްވި ތަސްވީރުތަކެއްކަން ފާހަގަކުރައްވާފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް އިމާމުންނަށް ވަކި ހާއްސަ ޑްރެސް ކޯޑެއް ފަރުމާކޮށްފައެއް ނުވެ އެވެ. މިއީ މުޅިން އަލަށް ތަންފީޒުކުރެވިގެންދާނެ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.