އާ ދިރާސީ އަހަރުގެ ކިޔުން ފަށާނީ އަންނަ މަހު އެވެ. ކިޔެވުން ފަށާއިރު އަލަށް ހުޅުވާ ދަރުމަވަންތަ ސްކޫލާއި ޖެހިގެން ހުންނަ މާލޭ ޖަލުގައި ގައިދީން ނުތިބޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އާ ދިރާސީ އަހަރުގެ ކިޔުން ފަށާނީ އަންނަ މަހު އެވެ. ކިޔެވުން ފަށާއިރު އަލަށް ހުޅުވާ ދަރުމަވަންތަ ސްކޫލާއި ޖެހިގެން ހުންނަ މާލޭ ޖަލުގައި ގައިދީން ނުތިބޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބޮޑު ޗުައްޓީއަށް ފަހު ދިރާސީ އަހަރު ފަށާނީ އޯގަސްޓަ މަހުގެ 7 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ.ކިޔެވުން ނިމޭނީ ޖޫން 22 ގައެވެ.
ހާހެއްހާ ކުދިންގެ ޖާގަ ހިމެނޭ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ކިޔެވުން ފަށާއިރު މިހާރު ސްކޫލް ނިންމުމުގެ މަސައްކަތް ހިނގަވެ. އެ ސްކޫލްގައި ކިޔެވުން ފަށާއިރު ހޯމް މިނިސްޓްރީން ބުނެފައި ވަނީ ކައިރީ ހުރި މާލޭ ޖަލު ހުސް ކުރަން މަސައްކަތް ކުރާ ކަމަށާއި އެ ސްކޫލް ހުޅުވާއިރު އެ ޖަލުގައި ގައިދީން ނުތިބޭނެ ކަމަށެވެ.
މާލޭ ޖަލުގައި ތިބެނީ ތުހުމަތު މީހުނާއި ތަހުގީގަށް ނަގާ މީހުނެވެ. އެ މީހުން ބަދަލު ކުރާނީ ކޮންތާކަށް ކަމެއް ނޭނގެ އެވެ.