މިފްކޯއަށް މިއަދު ކަޅުބިލަ މަސް ގަންނަނީ 22ރ. އަށް

މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް

މިފްކޯގެ ފެކްޓަރީއަކަށް ދޯންޏަކުން މަސް ކިރުވަނީ -- މިފްކޯ

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ގަންނަ އަގު 22ރ. އަށް ބޮޑުކޮށްފި އެވެ.

މިފްކޯ އިން މިއަދު ބުނީ، މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ގޮތުގައި، ފެލިވަރު ބަނދަރާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކުއްޑޫ ފިޝަރީސް ކޮމްޕްލެކްސް، ގދ. ތިނަދޫ ބަނދަރާއި ލ. މާމެންދޫ ބަދަރާއި މާލޭ ބަނދަރުގެ އިތުރުން ރ. މަޑުއްވަރީ ބަނދަރުން ވެސް މިއަދު މަސް ގަންނަމުން ދަނީ 22ރ. އަށެވެ.

އެ ބަނދަރުތަކުން މިއަދު ބޮޑުކަންނެލީގެ 10-15 ކިލޯ ގަންނަމުން ދަނީ 20ރ. އަށެވެ. 15 ކިލޯއިން މަތި ގަންނަނީ 25ރ. އަށެވެ.

މިފްކޯއިން އެންމެ ފަހުން މަސް ގަންނަ އަގަށް ބަދަލު ގެނައީ މިދިޔަ އޯގަސްޓް މަހު އެވެ. އެ މަހު ވަނީ ކަޅުބިލަ މަސް ކިލޯއެއް 21ރ. އަށް ބޮޑުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.