އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާއާ ގުޅިގެން ކަސްޓަމްސް އިން ގާނޫނާއި ގަވާއިދާއި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބަލަމުން އަންނަ ކަމަަށެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ބޭރުގެ ދެ ތެޔޮ ބޯޓެއް އޮޔާ ގޮސް، ސިނަމާލެ ބްރިޖަށް އުރުނު މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.
މަހުގެ ދިހަ ވަނަ ދުވަހު ހިނގި އެ ހާދިސާގައި އެ ބޯޓުތަކުގައި ތިބި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ނުލިބެ އެވެ. އަދި ބްރިޖަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
އެ މައްސަލައާ ގުޅިގެން އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް އެ ދެ ބޯޓު އޮޔާގޮސް، ސިނަމާލޭ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާ ގުޅިގެން ކަސްޓަމްސް އިން ގާނޫނާއި ގަވާއިދާއި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބަލަމުން އަންނަ ކަމަަށެވެ.
އެކަން ބަލަމުން ދަނީ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ކަމަށް ވެސް އެންއައިސީން ބުނެފައިވެ އެވެ.
"އޭއެލް 1" އާއި ޓޯގޯގައި ރަޖިސްޓްރީ ކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހު 26 ގަ އެވެ. އެ ބޯޓުގެ ފަޅުވެރިން ބުނާ ގޮތުން އެ މީހުންގެ މިސްރާބު އަސްލު ހުރީ އޯމާންގެ ޝިނާސް އިން އިންޑީއާގެ ކަންޑްލާއަށެވެ.
ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އެމްއެންޑީއެފް ފަދަ އެއްވެސް ފަރާތަކަށް އެނގުމެއް ނެތި މާލެ ކައިރީ އެ ދެ ބޯޓު އަޅާފައި އޮތްތާ އަށް ވަނަ އަށްވީ ދުވަހު ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެ ކަން އެކަން އައިސް، ދެ ބޯޓު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮތް ބޯޓުތައް އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންނެވެ. މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް ދެ ބޯޓު ވެސް އަޑިއަށް ވަނީ އަޑިއަށް ގޮސްފަ އެވެ.