ތިނަދޫގައި އަލަށް ރަޖިސްޓްރީކުރާ ތުއްތު ކުދިންނަށް މާލީ އެހީއެއް ދެނީ

އަދި މުޅި ރާއްޖޭގެ އާބާދީ ވެސް ނިސްބަތުން ދަށްވަމުންދާތީ، މިއީ ޒުވާން އާއިލާތަކަށް ހިތްވަރުދީ ވިހެއުމުގެ ރޭޓު މަތިކުރުމަށް ބާރުއެޅުމުގެ ގޮތުން ދޭ މާލީ އެހީއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

ގދ. ތިނަދޫ: އެ ސިޓީގައި އަލަށް ރަޖިސްޓްރީކުރާ ތުއްތު ކުދިންނަށް މާލީ އެހީއެއް ދިނުމަށް ވަނީ ނިންމާފައި --

ތިނަދޫ ސިޓީގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް މާލީ އެހީއެއް ސިޓީ ކައުންސިލުން ދޭން ފަށައިފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު އާންމުކުރި "އަލަށް އުފަންވެ، ތިނަދޫ ސިޓީގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް އިނާމެއް ކަނޑައެޅުމުގެ އުސޫލު" ގައި ބުނެފައި ވަނީ، އަލަށް އުފަންވާ ކުދިންނަށް މާލީ އެހީ ދޭން ނިންމީ ތިނަދޫގެ އާބާދީ އިތުރުކުރުމަށް ކަމަށެވެ.

އަދި މުޅި ރާއްޖޭގެ އާބާދީ ވެސް ނިސްބަތުން ދަށްވަމުންދާތީ، މިއީ ޒުވާން އާއިލާތަކަށް ހިތްވަރުދީ ވިހެއުމުގެ ރޭޓު މަތިކުރުމަށް ބާރުއެޅުމުގެ ގޮތުން ދޭ މާލީ އެހީއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން، މި މާލީ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ތިނަދޫގައި އުފަންވެ އެ ސިޓީގައި ރަޖިސްޓްރީވާ ކުދިންނަށާއި، އެހެން ތަނެއްގައި އުފަންވި ނަމަވެސް ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ސިޓީ ކަމުގައިވާ ނަމަ އެވެ. ކޮންމެ ކުއްޖަކަށް ވެސް މި މާލީ އެހީ ދެވޭނީ އެއްފަހަރު އެވެ.

މި އެހީ ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން "ކެޓެގަރީ އޭ" އަކީ ތިނަދޫގެ ރަށްވެހިންނަށް ލިބޭ ކުދިންނެވެ. އެ ކެޓެގަރީގެ ދަށުން ކޮންމެ ކުއްޖަކަށް ދެނީ 1500ރ. އެވެ. 

ދެވަނަ ކެޓެގަރީ ކަމަށްވާ "ކެޓެގަރީ ބީ" ގެ ދަށުން މާލީ އެހީ ދެނީ އެހެން ރަށަކަށް އުފަން މައިންބަފައިނނަށް ލިބޭ ކުދިން ތިނަދޫގައި ރަޖިސްޓްރީކުރާ ނަމަ އެވެ. މި ކެޓެގަރީގެ ދަށުން އެ ސިޓީގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް 2000ރ. ގެ މާލީ އެހީއެއް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

މި އުސޫލުގެ ދަށުން ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލާނީ އައިޑީކާޑު ހެއްދުމުންނެވެ. އަދި ކުއްޖާ ރަޖިސްޓްރީވާތާ އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ އެހީ ހޯދުމަށް ހުށަހަޅަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.