އުމުރުން 67 އަހަރުގައި މުހައްމަދު އަލީ އަވަހާރަވީ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 67 އަހަރުގައި މުހައްމަދު އަލީ އަވަހާރަވީ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މުހައްމަދު އަލީ ވަނީ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ހޯމް މިނިސްޓްރީ އާއި ކުރީގެ ޕްލޭނިން މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވެ އެވެ.
އޭގެއިތުރުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އޭގެ ފަހުން ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.