އެމްޕީއެލްއަށް ނުއަގުގައި އޭސީ ގަތް މައްސަލައިގައި ކުރީގެ ސީއީއޯ ޖުނައިދަށް ދައުވާކުރަން ފޮނުވަނީ

އެ މަސައްކަތް ހަވާލުކޮށްފައިވަނީ، އޭސީސީން ބުނި ގޮތުގައި، އެދުވަސްވަރުގެ މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި، ޖުމްލަ 1,083,998.00 ރުފިޔާއަށެވެ.

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު. --ފައިލް ފޮޓޯ: ސަން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގަވާއިދާ ހިލާފަށް ބޮޑު އަގުގައި އޭސީތަކެއް ގަތް މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު ޖުނައިދާއި އިތުރު އިސް މުވައްޒަފެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އޭސީސީން ނިންމައިފި އެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ ޖުނައިދުގެ އިތުރުން، އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައި ހުރި މ. ހިލްއިންދަގާރޑެން، އަބްދުލްވައްހާބުގެ މައްޗަށެވެ.

އޭސީސީން ބުނީ، މި މައްސަލައަކީ 2016 އަދި 2017 ވަނަ އަހަރު، އެމްޕީއެލްއިން 18 އެއާކޮންޑިޝަން ޔުނިޓް (އޭސީ) ގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. 

އެގޮތުން، އޭރު އެ ކުންފުނިން އަމަލުކުރަމުންދިޔަ ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދާ ހިލާފަށް، އާންމުކޮށް އިއުލާންކުރުމެއްނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި ވަނީ މި މުއާމަލާތް ހިންގާފަ އެވެ.

މީގެއިތުރުން، މި މަސައްކަތް ހަވާލުކޮށްފައިވަނީ އެފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާ ލިބިފައިނުވާ، އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކާ ކަމަށް އޭސީސީން ބުންޏެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ، އޭސީސީން ބުނި ގޮތުގައި، އެދުވަސްވަރުގެ މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި، ޖުމްލަ 1,083,998.00 ރުފިޔާއަށެވެ.

މި މައްސަލައިގައި މި ދެ މީހުންގެ މައްޗަށް މައިގަނޑު ދެ ދައުވާއެއް ކުރުމަށް ނިންމާފައިވާއިރު، އޭގެތެރޭގައި ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އަދި
ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.