އެމްއެމްއޭ އިންޓާންޝިޕް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް، 400 އަށްވުރެ ގިނަ ދަރިވަރުން

އެމްްއެމްއޭއިން އިއްޔެ ވަނީ އިންޓާންޝިޕް ޕްރޮގްރާމަށް ކުދިން ހޮވަން އިންޓަވި ޕްރޮސެސް ކުރިއަށް ގެންގޮސްފަ އެވެ. މި އިންޓަވިއުގައި އޯލަވެލް އަދި އޭލަވަލް ފުރިހަމަކޮށްފައިވާ 400 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

އެމްއެމްއޭ އިންޓާންޝިޕް ޕްރޮގްރާމަށް ކުދިން ހޮވަން ބޭއްވި އިންޓަވިއު -- އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންޓާންޝިޕް ޕްރޮގްރާމުގައި 400 އަށްވުރެ ގިނަ ދަރިވަރުން ބައިވެެރިވެއްޖެ އެވެ. 

އެމްްއެމްއޭއިން އިއްޔެ ވަނީ އިންޓާންޝިޕް ޕްރޮގްރާމަށް ކުދިން ހޮވަން އިންޓަވި ޕްރޮސެސް ކުރިއަށް ގެންގޮސްފަ އެވެ. މި އިންޓަވިއުގައި އޯލަވެލް އަދި އޭލަވަލް ފުރިހަމަކޮށްފައިވާ 400 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. 

އެމްއެމްއޭގެ އިންޓާންޝިޕް ޕްރޮގްރާމަކީ ދިވެހި ދަރިވަރުންނަށާއި އަލަށް ތައުލީމީ މަރުހަލާ ނިންމާ ފަރާތްތަކަށް މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ފަހަރުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ޖުމްލަ 10 ފުރުސަތު ހުޅުވާލާފައިވާއިރު މިއީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ 2 ހަފުތާއާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. މި ޕްރޮގްރާމަށް ހޮވޭ ކުދިންނަށް އެލަވަންސެއްވެސް ދެ އެވެ. 

އެމްއެމްއޭގެ ޕްރޮގްރާމަށް ޝޯޓްލިސްޓް ކުރާ ފަރާތްތައް ހޮވުމުގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި، މުއާމަލާތް ކުރުމުގެ ޤާބިލުކަމަށް ބަލާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.